ފައިނަށް ދެން އަންނަން ބޭނުންވަނީ ފައިނު އެއާޕޯޓު ހުޅުވަން: ރައީސް މުއިއްޒު

Advertisement

Advertisement

އެންމެ ފަސް

Advertisement

ރ. ފައިނަށް ދެން އެމަނިކުފާނު ވަޑައިގަންނަވަން ބޭނުންފުޅުވަނީ އެރަށުގެ އެއާޕޯޓު ހުޅުވައިދެއްވުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފައިނުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ވިދާޅުވީ ފައިނު އެއާޕޯޓަކީ ފައިނުގެ ރައްޔިތުންގެ އިތުރުން އަތޮޅުގެ ރައްޔިތުންނާއި ސަރަހައްދުގެ ރައްޔިތުންވެސް ވަރަށް އުންމީދު ކުރާ އެއާޕޯޓެއް ކަމަށެވެ. އަދި ފައިނު އެއާޕޯޓަކީ އެ ސަރަހައްދުގެ އިގްތިސޯދީ ކުރިއެރުމަށް ވަރަށް މުހިންމު އެއާޕޯޓެއް ކަމަށާއި ވަރަށް ގިނަ ވަޒީފާތައް އެ އެއާޕޯޓުގެ ސަބަބުން އުފެދިގެން ދާނެކަމަށް ރައީސް ވިދާޅުވި އެވެ.

މި ސަރަހައްދަށް ގިނަ ރިސޯޓުތަކެއް އައުމަށް މަގުފަހި ވެގެންދާ ކަމަކަށް މިކަން ވެގެން ދާނެ. ވަރަށް އުންމީދީ ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ މި އެއާޕޯޓް ވެގެން ދާނީ.

ރ. އަތޮޅުގައި ވަރަށް ގިން ރިސޯޓުތައް ހެދުމަށް މި ދައުރުގެ ތެރޭގައި ފުރުސަތު ދޭނެކަމަށް ވިދާޅުވެފައިވާނެކަން ރައީސް ވަނީ ފާހަގަ ކުރައްވާފަ އެވެ. އެހެންކަމުން މި އެއާޕޯޓާއެކު ފަތުރުވެރިކަމަށް އިތުރު ކުރިއެރުންތަކެއް އައިސް އިތުރު ފުރުސަތުތަކެއް ހުޅުވިގެން ދާނެކަމަސް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވަނީ ފައިނުގެ ރައްޔިތުން އެދޭ ގޮތަށް އެއާޕޯޓުގެ މަސައްކަތް ނިންމުމަށް ފަހު ފައިނުގެ ބަނދަރު ހެދުމުގެ މަސައްކަތް ކޮށްދެއްވާނެކަމަށްވެސް ވިދާޅުވެފަ އެވެ. އެގޮތުން މިހާރުވެސް ބަނދަރުގެ ދަތިކަން ކުރިމަތިވާކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެއާޕޯޓު ހުޅުވިގެން ދިޔުމުން އެ އުނދަގޫތައް އިތުރުވާނެ ކަމަށެވެ.

ރ. ފައިނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ