ހައުސިން މަޝްރޫޢުތަކަށް ކޮންޓްރެކްޓަރުން ހޯދަން ދަނީ ތައްޔާރުވަމުން: މިނިސްޓަރ މުއްޠަލިބް

Advertisement

Advertisement

އެންމެ ފަސް

Advertisement

ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރައްވާފައިވާ އަތޮޅުތަކުގެ ހައުސިންގ މަޝްރޫޢުތަކަށް ކޮންޓްރެކްޓަރުން ހޯދުމަށް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ހުޅުވާލާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މުއްޠަލިބް ވިދާޅުވި ގޮތުގައި މި މަޝްރޫޢުގެ ދަށުން އެއްފަހަރާ އެތައް ހާސް ހައުސިންގ ޔުނިޓެއް ތަރައްޤީކުރުމަށް ވަނީ ރޭވިފަ އެވެ. އަދި މި ފުރުސަތު ދިވެހި ކުންފުނިތަކާއި ބޭރުގެ ކުންފުނިތަކަށް ހުޅުވާލެވޭނެ ކަމަށާއި، ޕްރޮޖެކްޓްތައް ކުރިއަށް ގެންދާނީ އެކި ބާވަތުގެ ފައިނޭންސިންގ ސްކީމްތަކުގެ ދަށުން ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ރާއްޖޭގެ އުތުރާއި ދެކުނުގައި ޖުމްލަ 40,000 ހައުސިންގ ޔުނިޓް ތަރައްޤީކުރުން ހިމެނެ އެވެ. މި މަޝްރޫޢުތަކަށް މިއަހަރުގެ ބަޖެޓުގައި 2.5 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. މީގެ ތެރެއިން 1 ބިލިއަން ރުފިޔާ ޚާއްޞަކުރެވިފައިވަނީ އުމްރާނީ ތަރައްޤީގެ މަސައްކަތްތަކަށެވެ.

މީގެއިތުރުން، މިނިސްޓަރ މުއްޠަލިބް ވިދާޅުވި ގޮތުގައި ރަށްރަށުގައި ފަށާފައިވާ ނުނިމި ހުރި މަސައްކަތްތައް އަވަސްކުރުމަށް ކަމާ ގުޅުންހުރި ވުޒާރާތަކާއި އިދާރާތައް ގުޅިގެން މަސައްކަތްކުރަމުންދެ އެވެ. ޚާއްޞަކޮށް ބޮޑުހިލަ ނުލިބިގެން ލަސްވެފައިވާ މަސައްކަތްތައް އަވަސްކުރުމަށްޓަކައި ބޮޑުހިލައިގެ ބަލްކް ޝިޕްމަންޓްތަކެއް ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ