ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ޝަރަފު، ޕީއެންސީއަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު އަދި އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީގެ މަގާމު ވެރިކަމުގައި އޮތް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ލިބިއްޖެ އެވެ.

ރާއްޖޭގައި އޮތް އެންމެ މެންބަރުން ގިނަ ޕާޓީއަށް ކޮންގްރެސް ޕާޓީ ވެފައި މިވަނީ އިދިކޮޅު އެމްޑީޕީއަށް ވުރެ 25،000 މެންބަރުން އިތުރުކޮށްގެންނެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމު ކުރި މައުލޫމާތުތަކަށް ބަލާއިރު ކޮންގްރެސް ޕާޓީގައި މިވަގުތު ތިބީ 68،968 މެންބަރުންނެވެ. އެމްޑީޕީގައި ތިބީ 43،755 މެންބަރުންނެވެ.

ކޮންގްރެސް ޕާޓީއަށް މިހާ ގިނަ އަދަދެއްގެ މެންބަރުން ގުޅިފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް އެއް އަހަރު ފުރުމާ ގުޅިގެން ކޮންގްރެސް ޕާޓީން ކުރިއަށް ގެންދިޔަ މެމްބަޝިޕް ޑްރައިވްގެ ސަބަބުންނެވެ. އެ ޕާޓީން މި މެމްބަޝިޕް ޑްރައިވް ފަށާފައިވަނީ އެ ޕާޓީއަށް 75،000 މެންބަރުން ހަމަ ކުރުމަށްކަމަށް ކޮންގްރެސް ޕާޓީގެ އިސްވެރިން ބުނެ އެވެ.

އީސީގެ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު ކޮންގްރެސް ޕާޓީއަށް 75،000 މެންބަރުން ހަމަވެފައި ނެތް ނަމަވެސް އެ ޕާޓީން މިވަނީ މުޅިން އާ ރެކޯޑެއް ގާއިމުކޮށްފަ އެވެ. އެގޮތުން ކޮންގްރެސް ޕާޓީއަކީ ރާއްޖޭގައި މިހާ ގިނަ އަދަދެއްގެ މެންބަރުން ރަޖިސްޓްރީ ކުރި ފުރަތަމަ ސިޔާސީ ޕާޓީ އެވެ.

ސިޔާސީ ޕާޓީތަކުގައި މެންބަރުން ތިބި އަދަދު:

  • ޕީއެންސީ: 68،968
  • އެމްޑީޕީ: 43،755
  • ޖުމްހޫރީ ޕާޓީ: 13،826
  • ޕީޕީއެމް: 12،174
  • އެމްޑީއޭ: 9،210
  • އަދާލަތު ޕާޓީ: 9،049
  • އެމްއެންޕީ: 6،050
  • ދަ ޑިމޮކްރެޓްސް: 3،667
  • ޕީއެންއެފް: 2،822
  • އެމްޓީޑީ: 2،359
  • އެމްއާރްއެމް: 1،867

ރާއްޖޭގައި މިވަގުތު 11 ސިޔާސީ ޕާޓީއެއް ރަޖިސްޓާކޮށްގެން ހިންގަމުން ދާއިރު 3 ޕާޓީއެއްގައި 3،000 މެންބަރުން ހަމަ ނުވާކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ ހުންނަވާ އުފެއްދެވި އެމްއާރްއެމް އާއި ރައީސް މައުމޫންގެ ކޮއްކޯފުޅު އަދި ކުރީގެ ރައީސް، އަބްދުﷲ ޔާމީން އިސްވެ ހުންނަވާ އުފެއްދެވި ޕީއެންއެފްގެ އިތުރުން ރައީސް ޔާމީންގެ ވެރިކަމުގައި ނައިބު ރައީސަކަށް ހުންނެވި އަހުމަދު އަދީބު އިސްވެ ހުންނަވާ އުފެއްދެވި އެމްޓީޑީގައި 3،000 މެންބަރުން ހަމައެއް ނުވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮންގްރެސް ޕާޓީ އެމްޑީޕީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ