ދިވެހިރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ދަތުރުތައް ދުނިޔޭގެ އެންމެ ބޮޑު މާކެޓުކަމަށްވާ ޗައިނާއަށް ފެށުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއްކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ސައީދު މިހެން ވިދާޅުވީ ޗައިނާގެ ޗެންޑޫއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މޯލްޑިވިއަންގެ ފުރަތަމަ ފްލައިޓް އައުމާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ކުޑަ ރަސްމިއްޔާތަކަށް ފަހު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
މިނިސްޓަރު ވިދާޅުވީ ޗައިނާއަށް މޯލްޑިވިއަންގެ ދަތުރުތައް ފެށިގެން ދިޔުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިޝަންއެއްކަމަށެވެ. އަދި ރައީސް މުއިއްޒުގެ މި ވިޝަން ކާމިޔާބު ކުރުމަށް މަސައްކަތްކޮށްދެއްވި ހުރިހާ ފަރާތްތަކަށް މިނިސްޓަރު ވަނީ ޝުކުރު އަދާ ކުރައްވާފަ އެވެ.
ވަރަށް ބޮޑު ޝަރަފެއް ހަގީގަތުގަ. ދިވެހިރާއްޖޭގެ، ދިވެހި ދިދަ، އަޅުގަނޑުމެންގެ ފްލެގްޝިޕް ކެރިއާ ދުނިޔޭގެ އެންމެ ބޮޑު މާކެޓަށް ދަތުރުކޮށް މީހުން އުފުއްލާތަން ފެނުމަކީ.
ރާއްޖޭގެ އަމިއްލަ އެއާލައިންގެ ބޯޓެއްގައި ރާއްޖެއަށް ފަތުރުވެރިން ގެނައުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއްގެ ގޮތުގައި މިނިސްޓަރު ސައީދު ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި މިއާއެކު ބޭރު ފައިސާގެ އާމްދަނީ އިތުރު ކުރުމަށް އިތުރު ދޮރެއް ހުޅުވިގެން ގޮސްފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖެއަކީ ފަތުރުވެރިކަމުގެ އިގްތިސޯދެއް އޮތް ގައުމެއް ކަމަށާއި މިފަދަ އޮޕަރޭޝަންތައް ހުއްޓާނުލާ ކުރިއަށް ގެންދިޔުމަކީ ވަރަށް މުހިންމުކަމެއްކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މޯލްޑިވިއަން