އަމީނީމަގު މަރާމާތުކުރުން؛ މިހާރު ކުރިއަށްދަނީ އޭބީސީ ފަށަލަ ޓެސްޓްކުރުން

Advertisement

Advertisement

އެންމެ ފަސް

Advertisement

އަމީނީ މަގު މަރާމާތުކުުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ އޭބީސީ ފަށަލަ ޓެސްޓް ކުރުމުގެ މަސައްކަތް ކަމަށް އެ މަސައްކަތް ކުރިއަށްގެންދާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފި އެވެ.

އަމީނީ މަގުގެ ތާރުގަނޑު ހަލާކުވެފައިވާ ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތް އާރުޑީސީން ފެށީ މިމަހުގެ ކުރީކޮޅުގަ އެވެ. އަމީނީ މަހުގެ ހުޅަނގުކޮޅަށްވާ ސަރަހައްދުގެ ތާރުގަނޑު ވަނީ ވަރަށް ބޮޑަށް ހަލާކުވެ، ރާޅު ބާނިތަކެއްހެންވެފަ އެވެ.

އާރުޑީސީން ބުނި ގޮތުގައި ތާރުގަނޑު މަރާމާތުކުރުމަށް ފެށި މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ އޭބީސީ ފަށަލަ ޓެސްޓް ކުރުމުގެ މަސައްކަތް ކަމަށެވެ.

އަމީނީ މަގު ހެދުމުގެ މަސައްކަތް ފެށިފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އާރުޑީސީއާ ހަވާލުކޮށްގެން 2022 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މަސައްކަތުގެ އެންމެ ފަހު ބައި ނިންމައި އެ މަގު އެއްކޮށް ހުޅުވާލެވިފައިވަނީ މިދިޔަ އަހަރުގެ ކުރީކޮޅުގައެވެ.

ނަމަވެސް، އަމީނީ މަގުގައި އިސްކަންދަރު ކޮއްޓާ ހިސާބުން ސްޓޭޑިއަމް ފަޅީގެ ބޮޑުބައެއްގެ ތާރުގަނޑު އޮތީ އަޑިގުޑަންވެފައެވެ. ތާރުގަނޑުގެ ބައެއް ހިސާބުތަކުން ވަރަށް ބޮޑަށް އަޑިވެ، ވަޅުގަނޑުތައް ހެދިފައި ހުރި އިރު މަގުގެ މެދަށް ވުރެ އެއް ފަރާތުގެ ތާރުގަނޑު މާބޮޑަށް އޮތީ އަޑިވެފައެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަމީނީ މަގު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ