އަމާން އުދަރެސްގެ ކޮމާޝަލް ޔުނިޓްތައް ކުއްޔަށް ދޫކުރަން ހުޅުވާލައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލޭގެ އަމާން އުދަރެސް ޕްރޮޖެކްޓުގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓްތަކުން ވިޔަފާރި ބޭނުމަށް ކޮމާޝަލް ޔުނިޓްތައް ކުއްޔަށް ދޫކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިއުލާނު ކޮށްފި އެވެ.

މިގޮތުން އުދަރެސް 13، 14 އަދި 16 އިން ޖުމްލަ ހަ ކޮމާޝަލް ޔުނިޓެއް ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެފްޑީސީން ކުރި އިއުލާނުތަކުގައިވާ ގޮތުން، މި ޔުނިޓުތަކުގެ ތެރެއިން އެންމެ ބޮޑު ޔުނިޓަކީ އުދަރެސް 14 ގައި ހުރި 6,788.43 އަކަފޫޓުގެ ސީއެފް01 ޔުނިޓެވެ. މި ޔުނިޓަށް ޝައުގުވެރިވާ ފަރާތްތަކަށް 18 ފެބްރުއަރީ ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް ހުށަހެޅުން ހުށަހެޅޭނެ އެވެ.

އުދަރެސް 16 އިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ދެ ޔުނިޓުގެ ތެރެއިން ސީޖީ01 ޔުނިޓުގެ ބޮޑުމިނަކީ 1,896.51 އަކަފޫޓު އަދި ސީޖީއެކްސް1 ޔުނިޓުގެ ބޮޑުމިނަކީ 161.29 އަކަފޫޓެވެ. މި ދެ ޔުނިޓަށް ހުށަހެޅުން ބަލައިގަންނާނީ 18 ފެބްރުއަރީ ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:30 އާ ހަމައަށެވެ.

އުދަރެސް 13 އިން ކުއްޔަށް ދޫކުރުމަށް ހުޅުވާލާފައިވާ ތިން ޔުނިޓުގެ ތެރެއިން ދެ ޔުނިޓުގެ (ސީޖީ01) ބޮޑުމިނަކީ 610.34 އަކަފޫޓެވެ. އަދި އަނެއް ޔުނިޓުގެ (ސީޖީ02) ބޮޑުމިނަކީ 598.84 އަކަފޫޓެވެ. މި ތިން ޔުނިޓަށް ހުށަހެޅުން ބަލައިގަންނާނީ 18 ފެބްރުއަރީ ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:30 އާއި 11:00 އާ ދެމެދުގަ އެވެ.

އެފްޑީސީން ކުރިން ދީފައިވާ މައުލޫމާތުގައިވާ ގޮތުން، އެ ކޯޕަރޭޝަނުން ތަރައްގީ ކުރަމުންދާ 32 ޓަވަރުތަކުގައި ކޮމާޝަލް ޔުނިޓު ނުވަތަ ވިޔަފާރިކުރުމަށާއި އެހެނިހެން ބޭނުންތަކަށް ހާއްސަކޮށްފައި ހުންނަ ޖާގަތައް ހުންނާނީ ކޮންމެ ޓަވަރެއްގެވެސް އެންމެ ތިރީ ބަޔާއި ފުރަތަމަ ފަންގިފިލާގަ އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ