އަމާންކަން ގެއްލޭ ވާހަކަ ދެއްކުން މަނާކުރާ މާއްދާ ބާތިލްކުރި މައްސަލަ އަނބުރާ ގެންގޮސްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އާންމު ޤާނޫނުތަކެއް ޤާނޫނުގައި އަމާންކަން ގެއްލޭ ވާހަކަ ދެއްކުން މަނާކުރާ މާއްދާ ބާތިލްކުރުމަށް ހައި ކޯޓުން ނިންމި ނިންމުން ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްފަހު މައްސަލަ އަނބުރާ ގެންގޮސްފި އެވެ.

ހައިކޯޓަށް 2022 ސެޕްޓެމްބަރުގައި ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވަނީ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަދި އޭރު ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރި އަހުމަދު އަޒާން މަރުޒޫޤް، ނޫސްވެރިޔާ ޝިފްޒާން އަހުމަދު އަދި އަހުމަދު އިބްރާހިމް އެވެ.

މި މައްސަލައިގައި 2023 އޮގަސްޓްގައި ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ހުކުމް ކޮށްފައިވަނީ، އާންމު ޤާނޫނުތަކެއް ޤާނޫނުގެ 8 ވަނަ މާއްދާގެ 2 ވަނަ ނަންބަރަކީ ޤާނޫނުއަސާސީގެ 144 ވަނަ މާއްދާގެ (ހ)ގެ ދަށުން ބާތިލު ނަންބަރެއްކަމުގަ އެވެ.

ދައުލަތުގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައި އޮތްއިރު، މިއަދު ވަނީ މި މައްސަލައިގައި ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ބާއްވާފަ އެވެ. މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލް ވިދާޅުވީ، މައްސަލަ ދިރާސާކޮށް މުރާޖާކުރުމަށް ފަހު އަނބުރާ ގެންނަން ބަންޑާރަނައިބުގެ އޮފީހުން ނިންމާފައިވާ ކަމަށެވެ. ދައުލަތުގެ ނިންމުން ހާމަކުރުމުން ދިފާއީ ވަކީލް ވަނީ ދައުލަތުގެ ނިންމުމަށް މަރުހަބާ ކިޔާފަ އެވެ.

އާންމު ޤާނޫނުތަކެއް ޤާނޫނުގެ 8 ވަނަ މާއްދާ:

  • މީހުންގެ ބުއްދިއަށް ފެންނަ ކަންތައް ދުލުން ނުވަތަ ގަލަމުން ފާޅުކުޅައުމުގައި މީގެ ތިރީގައި ނަންގަނެވިގެންވާ އެއްވެސް ކަމެއްގެ މައްޗަށް ވާހަކަ ދައްކައިގެން ނުވާނެއެވެ.
  1. އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު ވާހަކަ،
  2. އަމަންޢާންމަށް ގެއްލުމެއް ލިބިދާނޭ ވާހަކަ،
  3. ހަމަ އެކަކުގެވެސް އަބުރާ ބެހޭގޮތުން ދެއްކޭ ވާހަކަ.“

އާންމު ޤާނޫނުތަކެއް ޤާނޫނުގެ 8 ވަނަ މާއްދާގެ 2 ވަނަ ނަންބަރު ބާތިލްކުރުމަށް ހުށަހެޅީ ’އިންޑިއާ އައުޓް’ގެ ހަރަކާތް ހުއްޓުވުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް 2022 ވަނަ އަހަރު ނެރުއްވި ”އެކިއެކި ޝިއާރުތަކުގެ ދަށުން ވަކިވަކި ޤައުމުތަކާ މެދު ނަފުރަތު އުފެއްދުމަށް ރާވައިގެން ހިންގާ ހަރަކާތްތައް ހުއްޓުވުން“ ޤަރާރު ބާތިލު ކުރުމަށް ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ތެރެއިންނެވެ.

ޤަރާރު ބާތިލު ކުރުމުގެ މައްސަލައިގައި ހައިކޯޓުން އޭރު ނިންމާފައިވަނީ، އެ މައްސަލައަކީ ހައިކޯޓަަށް ލިބިގެންވާ ދުސްތޫރީ މައްސަލަތައް ބެލުމުގެ އިހްތިސާސްގެ ތަރަހައިގެ ތެރޭގައި ހިމެނޭ މައްސަލައަކަށް ނުވާތީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

ބަންޑާރަ ނައިބުގެ އޮފިސް ސުޕްރީމް ކޯޓު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ