ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖޭން ބޭރުގައި މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތުތަކެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާއިން ދަނޑުވެރިކަމުގެ އެކި ދާއިރާތަކުން ރާއްޖޭން ބޭރުން މަތީ ތަޢުލީމު އުނގެނުމުގެ ފުރުޞަތުތަކެއް ހުޅުވާލައިފަ އެވެ.

މި ފުރުޞަތުތައް ހުޅުވާލާފައިވަނީ ދިވެހި ސަރުކާރާއި ވޯލްޑް ބޭންކާ ގުޅިގެން ހިންގާ ”ޓްރާންސްފޯމިން ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް“ ޕްރޮޖެކްޓްގެ ދަށުންނެވެ.

މި ފުރުޞަތުތަކުގެ ތެރޭގައި މާސްޓަރސް ޑިގްރީ އަދި ބެޗްލަރސް ޑިގްރީގެ ކޯސްތައް ހިމެނެއެވެ. މާސްޓަރސް ޑިގްރީގެ ދަށުން ޕްރޮޓެކްޝަން، އެންޓޮމޮލޮޖީ ނުވަތަ ޕްލާންޓް ޕެތޮލޮޖީ ދާއިރާއިން އެއް ފުރުޞަތު ހުޅުވާލާފައިވެއެވެ. ބެޗްލަރސް ޑިގްރީގެ ދަށުން އެގްރިކަލްޗަރަލް ސައިންސް، ވެޓެރިނަރީ/ޒޫލޮޖީ/އެނިމަލް ސައިންސް، އެގްރިކަލްޗަރ (ބޮޓަނީ އެންޑް އެންޓޮމޮލޮޖީ)، އަދި ނެޗުރަލް ރިސޯސް މެނޭޖްމަންޓް/ބެޗްލަރ އޮފް އިކޮނޮމިކްސް އިން ކޮންމެ ދާއިރާއަކުން އެއް ފުރުޞަތު ހުޅުވާލާފައިވެ އެވެ.

މި ސްކޮލަރޝިޕްތަކަށް ކުރިމަތިލުމަށް ވަކި ޝަރުތުތަކެއް ކަނޑައަޅާފައިވެއެވެ. މާސްޓަރސް ޑިގްރީއަށް ކުރިމަތިލާ ފަރާތްތަކުން ކޯހުގެ ދާއިރާއާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ހާސިލުކޮށްފައިވުން ލާޒިމެވެ. ބެޗްލަރސް ޑިގްރީގެ ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކުން ޖީ.ސީ.އީ އޯލެވެލްގެ 5 މާއްދާއިން ’ސީ‘ އިން ފެށިގެން މަތީ ގްރޭޑެއް އަދި ޖީ.ސީ.އީ އޭލެވެލްގެ 3 މާއްދާއިން ’ސީ‘ އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން ޝަރުތު ކުރެވެ އެވެ.

މި ފުރުޞަތުތަކަށް އެދި ހުށަހަޅާއިރު، ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ، ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ، އައިއެލްޓްސް ނުވަތަ ޓޮފެލްގެ ނަތީޖާ، އައިޑީ ކާޑުގެ ކޮޕީ އަދި ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ލިޔުމެއް ހުށަހަޅަންޖެހެ އެވެ. އަދި ސްކޮލަރޝިޕް ލިބޭ ފަރާތްތަކުން މިނިސްޓްރީގައި ޚިދުމަތް ކުރުމަށް ބޮންޑު ކުރެވޭނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

މިނިސްޓްރީން އިތުރަށް ބުނެފައިވަނީ މި ކޯސްތަކަށް މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގައި މަސައްކަތްކުރަމުންގެންދާ މުވައްޒަފުންނަށް އިސްކަންދެވޭނެ ކަމަށެވެ.

މި ފުރުޞަތުތައް ހުޅުވާލުމުގެ މަޤްޞަދަކީ ރާއްޖޭގެ އެގްރިކަލްޗަރ ދާއިރާ ތަރައްޤީކޮށް، މި ދާއިރާއަށް ބޭނުންވާ ފަންނީ މާހިރުން އުފެއްދުމެވެ

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ދަނޑުވެރިކަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ