ބްރޯޑްކޮމްގެ ނައިބު ރައީސްގެ މައްސަލައެއް މަޖިލީހުން ބަލަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ނައިބު ރައީސް މުހައްމަދު ފަޒީންގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުން ބަލަން ފަށައިފި އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފަޒީނާއި ގުޅޭގޮތުން ހުށަހެޅުނު މައްސަލައަކާއި ގުޅިގެން ވަނީ ކޮމިޓީގެ ބައްދަލުވުންތަކެއް ބާއްވާފަ އެވެ. އެގޮތުން މި މައްސަލައިގައި ދެ ބައްދަލުވުމެއް މިހާތަނަށް ބާއްވާފައިވާ ކަމަށް މައުލޫމާތުލިބެ އެވެ.

ފަޒީނާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބަލަމުންދާ މައްސަލައިގައި ކުރިއަށްގެންދާ ބައްދަލުވުންތައް ކުރިއަށްގެންދަނީ ސިއްރު ކޮށްގެންނެވެ. އެގޮތުން ބައްދަލުވުން ސިއްރު ކުރަނީ ދެ މީހެއްގެ ޒާތީ ގިނަ މައުލޫމާތުތަކެއް މި މައްސަލައިގައި ހިމެނޭ ކަމަށް ބުނެ އެވެ.

ފަޒީންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއް މަޖިލީހުގެ ކޮމިޓީން ބަލަންފެށިއިރު، ނުހަނު ފަހުން ބްރޯޑްކޮމްއަށް ވަނީ ދެ މެންބަރުންވެސް އައްޔަނު ކޮށްފަ އެވެ.

ފަޒީންގެ އިތުރުން ބްރޯޑްކޮމްގެ މެންބަރުންގެ ގޮތުގައި މިހާރު ތިއްބެވީ ކޮމިޝަންގެ ރައީސް ސަފާ ޝަފީގް، އާމިނަތު އަމީނާ، ޝިފްލާ އިބްރާހީމް، އާމިނަތު ނުޒުހާގެ، މުހައްމަދު އަބްދުﷲ (މުހައްމާ) އަދި އާމިނަތު ސަރާހަތު އިއްޒަތު އެވެ.

ރައްޔިތުންގެ މަޖިލިސް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ