ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް (އެން.ސީ.އޭ) އިން ބާއްވާ އޮފީސްތަކުގެ ޑްރާމާ މުބާރާތުގައި ބައިވެރިވުމަށް އެދޭ މުއްދަތު އިތުރުކޮށްފި އެވެ.
މި މުބާރާތަކީ މުނިފޫހިފިލުވުމުގެ ދާއިރާއަށް ފަންނާނުން އިތުރުކޮށް، ފަންނުވެރީންނަށް ހިތްވަރުދީ، އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މަހައުލެއްގައި ފަންނުވެރިކަން ތަރައްގީކޮށް ދެމެހެއްޓުމުގެ މަގްސަދުގައި ބާއްވަމުން އަންނަ މުބާރާތެކެވެ.
މި މުބާރާތުގައި ބައިވެރިވެވޭނީ ސަރުކާރު އޮފީސްތަކާއި މިނިވަން މުވައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ އިތުރުން ސިޓީ ކައުންސިލްތަކަށެވެ.
މިމުބާރާތުގެ ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 26ވާ އާދިއްތަ ދުވަހުގެ 13:30ގެ ނިޔަލަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވައިލާފަ އެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އެންސީއޭ އިން ލިބޭނެ އެވެ. އަދި ވެބްސައިޓުން ވެސް ޑައުންލޯޑް ކުރެއްވޭނެ އެވެ.
ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް