ބ. އޭދަފުށި، އދ. މަހިބަދޫ އަދި ލ. ގަމުގައި ހުރި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗްތައް ބީއެމްއެލް އިސްލާމިކް އަށް ރީބްރޭންޑް ކޮށްފި އެވެ.
ބޭންކުގެ ސްޓްރެޓެޖީއާ އެއްގޮތްވާ ގޮތުގެ މަތިން ގެނެވުނު މި ބަދަލާ ގުޅިގެން، މި ތިން ބްރާންޗުން މިހާރު ޚިދުމަތް ދެމުންދާނީ އިސްލާމިކް ބޭންކިންގ ޚިދުމަތްތަކަށް އިސްކަންދީގެންނެވެ. މި ބްރާންޗްތަކުން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ޝަރީޢާއާ އެއްގޮތްވާ ގޮތުގެ މަތިން ފަރުމާކުރެވިފައިވާ ޕްރޮޑަކްޓްތަކެކެވެ.
މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ”ބީއެމްއެލް އިސްލާމިކް އަށް 10 އަހަރު ފުރިގެން ދިޔުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް. މި ބްރާންޗްތަކަށް ގެނެވުނު ބަދަލުން ދައްކުވައިދެނީ ރައްޔިތުން ބޭނުންވާފަދަ ޚިދުމަތެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ދޭ އަހައްމިއްޔަތުކަން“ ކަމަށެވެ.
ބީއެމްއެލް އިސްލާމިކްގެ ފަންޑު ވަނީ މުޅީން ވަކިކޮށްފައެވެ. އަދި އިސްލާމިކް ބޭންކިންގެ ދާއިރާގައި ބައިނަލްއަގްވާމީގޮތުން ބޭނުންކުރާ އެންމެ ރަނގަޅު މިންގަނޑުތަކާ އެއްގޮތަށް ޚިދުމަތްތައް ފޯރުކޮށްދެމުން ގެންދެ އެވެ.
ބީއެމްއެލްގެ ވިއުގައިގައި މިހާރު ހިމެނެނީ 20 އަތޮޅެއްގައި ޤާއިމުކޮށްފައިވާ 39 ބްރާންޗް، 95 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 150 އޭޓީއެމް އަދި އޭޖެންޓު ބޭންކިންގ ޚިދުމަތެވެ. މީގެއިތުރުން ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތްވެސް ބޭންކުން ފޯރުކޮށްދެ އެވެ.
ބީއެމްއެލް ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް