ތުލުސްދޫ ޕޮލިސް ސްޓޭޝަން ހުރި ބިމުން ކުލި ނުދައްކާތީ ހުސްކުރަން އަންގައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ތުލުސްދޫ ޕޮލިސް ސްޓޭޝަން ހިންގަމުންދާ ބިމަށް ދައްކަންޖެހޭ ކުލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އަށް ނުދެއްކުމުގެ ސަބަބުން އެ ބިން ހުސްކުރުމަށް އަންގާފައިވާ ކަމަށް ތުލުސްދޫ ކައުންސިލުން މައުލޫމާތު ދީފި އެވެ.

ޖަވިޔަނިއަށް މައުލޫމަތުދެއްވަމުން ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ ވިދާޅުވި ގޮތުގައި، 2022 ވަނަ އަހަރުގެ ކުރިން ތިން އަހަރު ދުވަހުގެ މުއްދަތަށް އެއްވެސް ކުއްޔަކާ ނުލައި ފުލުހުންނަށް އެ ބިން ބޭނުންކުރުމުގެ ފުރުސަތު ދީފައިވެ އެވެ. ނަމަވެސް 2022 ވަނަ އަހަރުން ފެށިގެން އެ ބިން ކުއްޔަށް ދޫކުރުމަށް ޑަބްލިއުޑީސީން ނިންމައި، އެކަމާ ގުޅޭ އެގްރިމެންޓެއް ތައްޔާރުކޮށް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް އަސްލަމް މޫސާ ވިދާޅުވި އެވެ.

”މިއަދާ ހަމައަށް ވެސް އެގްރިމެންޓުގައި ސޮއިކޮށްފައި ނުވޭ. އަދި ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ކުއްޔެއް ޑަބްލިއުޑީސީއަށް ދައްކާފައެއް ނުވޭ،“ އަސްލަމް ވިދާޅުވި އެވެ.

މީގެއިތުރުން އަސްލަމް ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ޕޮލިސް ސްޓޭޝަންގެ އިމާރާތް އެއްވެސް ވަރަކަށް މަރާމާތުކޮށްފައި ނުވެ އެވެ. އަދި އެންމެ ފުރަތަމަ އެ އިމާރާތް ހަވާލުކުރިއިރުވެސް އިމާރާތް މަރާމާތުކުރުމަށް އެއްބަސްވެފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

ކައުންސިލްގެ ރައީސް ފާހަގަކުރެއްވި ގޮތުގައި ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި އެގްރިމެންޓާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވެސް ފުލުހުން އެއްވެސް މަސައްކަތެއް ކޮށްފައިނުވެ އެވެ.

ގިނަ ރަށްރަށުގައި ފުލުހުންގެ އިދާރާތައް ހިންގަނީ ކައުންސިލްގެ އިމާރަތްތަކުގަ އެވެ. އެ މައްސަލައަށް ހައްލެއް ގެނައުމަށް ރަށްރަށުގައި ފުލުހުންގެ އިދާރާތައް އިމާރަތްކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވެ އެވެ. ނަމަވެސް އެ ޕްރޮޖެކްޓް ކުރިއަށް ނުގޮސް، އޮތީ ހުއްޓިފަ އެވެ.

ކ. ތުލުސްދޫ ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ