ރޫހާނީ ފަރުވާދޭން އުޅުނު އިންޑިއާގެ 3 މީހަކު ހައްޔަރުކޮށް، ޑީޕޯޓްކުރަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގައި ރޫހާނީ ފަރުވާދޭން އުޅުނުކަމުގެ ތުހުމަތުގައި އިންޑިއާގެ 3 މީހަކު ހައްޔަރުކޮށް، އެ މީހުން ޑީޕޯޓްކޮށްލުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގުރޭޝަނުން މިކަން ހާމަކޮށްފައި ވަނީ، މިއަދު އެ އިދާރާއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓުގައި ބުނެފައި ވަނީ، ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަންގައި އެ 3 މީހުން ހައްޔަރުކޮށްފައި ވަނީ އިއްޔެ ކަމަށެވެ. އަދި އެމީހުން މިހާރު ތިބީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ކަމަށެވެ.

ހައްޔަރުކުރި 3 މީހުންނަކީ:

  • ދަނަންޖޭ ބައިލަޕަތީ (18އ)
  • ނާގަރާޖަ ބައިލަޕަތީ (39އ)
  • ސްރީހަރިވަނަމް (25އ)

ރޫހާނީ ފަރުވާދޭން އުޅުނު 3 މީހަކު ޑީޕޯޓް ކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ފަށާފައިވާއިރު، މާސްޓާ ދުރްގާ ރާއޯ ގުރުޖީ ނަމަކަށް ކިޔާ މީހަކު ރާއްޖޭގައި ރޫހާނީ ފަރުވާގެ ހިދުމަތްތަކެއް ދޭކަމަށް ބުނެ ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަމުންދާ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނެފައި ވަނީ، ދިވެހިންގެ ސަގާފަތާއި ދީނާ ހިލާފު އެފަދަ ކަންކަމުގެ މައުލޫމާތު އެކަކު އަނެއްކަކާ ހިއްސާ ކުރުމުގެ ބަދަލުގައިވީ އެންމެ އަވަހަކަށް ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސް ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށެވެ.

އިމިގްރޭޝަން ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ