އަމާޒަށް ވާސިލުވުމަށް 450 މެގަވޮޓްގެ އިޢާދަކުރަނިވި ހަކަތަ ގާއިމުކުރަން ޖެހޭ: މިނިސްޓަރ ތޯރިޤް

Advertisement

Advertisement

އެންމެ ފަސް

Advertisement

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ކަނޑައަޅުއްވާފައިވާ ހަކަތައިގެ ސިޔާސަތާ އެއްގޮތަށް، ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތަ އިޢާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް، 450 މެގަވޮޓްގެ އިޢާދަކުރަނިވި ހަކަތަ ބޭނުންވާ ކަމަށް އެންވަޔަރަންމެންޓް މިނިސްޓަރ ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ޠާރިޤު މި ވާހަކަ ވިދާޅުވެފައިވަނީ ރައީސް ޑރ. މުޢިއްޒު މާޅޮސްމަޑުލު އުތުރުބުރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އުނގޫފާރަށް ކުރެއްވި ޒިޔާރަތުގައި ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ނެވެ. މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި ރ. އަތޮޅުގެ ތިން ރަށެއް ފިޔަވައި އެހެން ހުރިހާ ރަށެއްގައި މިހާރުވެސް އިޢާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ދަނީ ކުރިއަށެވެ.

މިނިސްޓަރ ޠާރިޤު ހާމަކުރެއްވި ގޮތުގައި މި މަޝްރޫޢުތަކުގެ ދަށުން ސޯލާ ޕެނަލް ޖެހުމާއި، ބެޓެރީ ހަރުކުރުމުގެ އިތުރުން އެނަރޖީ މެނޭޖްމަންޓް ސިސްޓަމްތައް ޤާއިމްކުރުމުގެ މަސައްކަތްތައް ވެސް ހިމެނެ އެވެ. އަދި ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގައި ހުރި 53 މެގަވޮޓްގެ އިޢާދަކުރަނިވި ހަކަތައިގެ ޖުމްލަ މިންވަރު، ސަރުކާރަށް އަހަރު ފުރުނުއިރު 70 މެގަވޮޓަށް އިތުރުކުރެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

2028 ވަނަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް ހަކަތައިގެ ދާއިރާއިން ހާސިލުކުރަން ބޭނުންވާ އަމާޒަށް ވާސިލުވުމަށް، ސަރުކާރުން މިހާތަނަށް ހެދި ދިރާސާތަކުން ދައްކާ ގޮތުގައި ޖުމްލަ 450 މެގަވޮޓްގެ އިޢާދަކުރަނިވި ހަކަތަ ޤާއިމްކުރަން ޖެހެ އެވެ. މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 170 މެގަވޮޓްގެ އިޢާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް އެކި މަރުހަލާތަކުގައި ކުރިއަށްދާކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.

މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ