ރޯލިން ޓޮބޭކޯ މަނާ ނުކުރަން ނިންމައި ޝިޕްމެންޓްތައް ދޫކޮށްލައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރޯލިން ޓޮބޭކޯ ނުވަތަ އޮޅައިގެން ބޯ ދުންފަތް މަނާ ނުކުރަން ނިންމައި، ކަސްޓަމްސްއިން ހިފެހެއްޓި ޝިޕްމަންޓްތައް ދޫކޮށްލައިފި އެވެ.

މި މައްސަލަ ފެށުނީ މިދިޔަ މަހުގެ ފަހުކޮޅު ހެލްތް މިނިސްޓްރީން ކަސްޓަމްސްއަށް ފޮނުވި އެންގުމަކާ ގުޅިގެންނެވެ. އެ އެންގުމުގައި ބުނެފައިވަނީ ދުންފަތާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ދުންފަތް އޮޅުމަށް ބޭނުންކުރާ ތަކެތި ވެސް މަނާވާނެ ކަމަށެވެ. އަދި އެފަދަ ތަކެތި އެތެރެކޮށްފި ނަމަ އަތުލުމަށް ވެސް އަންގާފައިވެ އެވެ.

މި އެންގުމާ ގުޅިގެން މި މަހުގެ ދެވަނަ ދުވަހު ދުންފަތުގެ ވިޔަފާރިވެރިން ގެނައި ޝިޕްމަންޓްތަކެއް ކަސްޓަމްސްއިން ވަނީ ހިފަހައްޓާފަ އެވެ. މި ޝިޕްމަންޓްތަކުގައި ހިމެނެނީ އޮޅުމަށް ބޭނުންކުރާ ދުންފަތާއި އޭގެ ފިލްޓަރު އަދި ޕޭޕަރެވެ.

ނަމަވެސް މި ޝިޕްމަންޓްތައް ދޫކޮށްލުމާ ގުޅިގެން، ރޭގެ ވަގުތުތަކުން ފެށިގެން ރޯލިން ޓޮބޭކޯ ވިއްކާ ފިހާރަތަކުގެ ކައިރީގައި ވަނީ ދިގު ކިއުތަކެއް އުފެދިފަ އެވެ. މިފަދަ ތަކެތި ވިއްކާ ފިހާރަތަކުން މި ބާވަތްތައް ހުސްވެފައިވާތާ މިހާރު ތިން ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް ވިޔަފާރިވެރިން މަޢުލޫމާތުދެ އެވެ.

މި މައްސަލައާ ގުޅޭ ގޮތުން ކަސްޓަމްސް އަދި ހެލްތް މިނިސްޓްރީން އެއްވެސް ރަސްމީ ބަހެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ކަސްޓަމްސް މިނިސްޓްރީ އޮފް ހެލްތް ދުންފަތް ކޮންޓްރޯލްކުރުމާއި، ވޭޕް މަނާކުރުން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ