ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ރ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަުތުރފުޅުގެ ތެރެއިން، ރ. މަޑުއްވަރީއަށް ވަޑައިގެންނެވި ވަގުތު މުޒާހަރާކުރުމަށް ހުންނެވި ރައްޔިތެއް ކައިރިއަށް ވަޑައިގެން، އޭނާގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވައިފި އެވެ.
ރައީސް ރ. މަޑުއްވަރީއަށް ވަޑައިގެންފައިވަނީ 12:50 ހާއިރު އެވެ. އެމަނިކުފާނު މަޑުއްވަރިއަށް ވަޑައިގެެންނެވި ވަގުތު އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގިނަ ރައްޔިތުންތަކެއް ބަނދަރު ސަރަހައްދަށް ނިކުމެ ތިބި އެވެ. އަދި ބަނދަރު ސަރަހައްދުގައި ތިބި ރައްޔިތުންނާ ސަލާމް ކުރައްވަމުންދިޔައިރު، ރައްޔިތަކު ވަނީ ތަންކޮޅެއް ދުރުގައި ބޯޑެއް ހިފައިގެން ހުރެ މުޒާހަރާކޮށްފަ އެވެ.
ރައީސްއަށް އެ މަންޒަރު ފެނިވަޑައިގެންނެވުމާއެކު، އެމަނިކުފާނު ވަނީ މުޒާހަރާކުރަން ހުރި ރައްޔިތު މިހާ ދުރު ނުކުރުމަށް ފުލުހުންނަށް އަތުން އިޝާރަތްކުރައްވާފަ އެވެ. އަދި އެ ރައްޔިތު މީހާގެ ގާތަށް ވަޑައިގެން އެމަނިކުފާނު ވަނީ އޭނާގެ ކަންބޮޑުވުންތައް އަޑުއައްސަވާފަ އެވެ.
ރައީސް ރ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތރުުފުޅަކީ އެ އަތޮޅުގެ 11 ރަށަކަށް ކުރައްވާ ފަތުރުފުޅެކެވެ.