ރާއްޖޭގެ ތިމާވެށީގެ ދާއިރާއަށް އެހީތެރިވުމަށް ޖަޕާނުން ޝައުގުވެރިކަން

Advertisement

Advertisement

އެންމެ ފަސް

Advertisement

ދިވެހިރާއްޖެއަށް ތިމާވެށީގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރި ޝައުގުވެރިކަން ޖަޕާނުން ފާހަގަކޮށްފި އެވެ.

މިކަން ފާހަގަކޮށްފައިވަނީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމް، ޖަޕާނުގެ އަސަކުރާ ތަކެކަޒޫ އާއި އެ ޤައުމުގެ ވަފުދަކާ ބައްދަލުކުރެއްވި ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޠާރިޤް އިބްރާހީމް ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި ބައްދަލުވުމުގައި މަޝްވަރާކުރެވުނު މައިގަނޑު ކަންތައްތަކުގެ ތެރޭގައި ޖަޕާނުގެ އެހީއާއި އިންވެސްޓްމަންޓްތަކުގެ ޒަރީއާއިން ދިވެހިރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އާއި ލޯ އެމިޝަން ތަރައްޤީގެ ފުރުސަތުތައް ކުރިއެރުވުން ހިމެނެ އެވެ.

”ދިވެހިރާއްޖެއަކީ ތިމާވެށި ރައްކާތެރިކުރުމަށްޓަކައި ނުހަނު ގިނަގުނަ މަސައްކަތްތަކެއް ކުރާ ޤައުމަކަށް ވުމުން، ޖަޕާނުން މިކަމުގައި ދިވެހިރާއްޖެއަށް އެހީތެރިވުމަށް ވަރަށް ބޮޑަށް ޝައުގުވެރިވޭ،“ ޖަޕާނުގެ ވަފުދުން މި ބައްދަލުވުމުގައި ފާހަގަކުރި އެވެ.

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީން މަޢުލޫމާތު ދެއްވި ގޮތުގައި މި ބައްދަލުވުމުގެ އެންމެ މުހިންމު އެއް މަޤްޞަދަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން އިތުރު ފުރުޞަތުތަކެއް ހޯދުމެވެ.

ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ގުޅުމަކީ ވަރަށް ގިނަ ދުވަސްވީ، ވަރުގަދަ ގުޅުމެކެވެ. ޚާއްޞަކޮށް ތިމާވެށީގެ ދާއިރާއިން ޖަޕާނުން ދިވެހިރާއްޖެއަށް ވަނީ ގިނަގުނަ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ރާއްޖެ - ޖަޕާން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ