ސެޕްޓެމްބަރުގެ ކުރިން ހުރިހާ ކްލާސްރޫމެއް އޭސީކޮށް ނިންމަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތަކެއްގައި އޭސީ ހަރުކޮށް ނިންމުމުގެ މަސައްކަތް ސެޕްޓެމްބަރު މަހުގެ ކުރިން ނިންމާލުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ރ. ހުޅުދުއްފާރު ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ”ކޫލް ސްކޫލް“ މަޝްރޫޢުގެ ދަށުން ފުރަތަމަ އިސްކަންދޭނީ ކްލާސްރޫމްތައް ފިނިކުރުމަށް ކަމަށެވެ. އަދި އޭގެ ފަހުން ސްކޫލުތަކުގެ އިދާރީ އިމާރާތްތަކުގައިވެސް އޭސީ ހަރުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

މި މަޝްރޫޢުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، އޭސީތަކަށް ބޭނުންވާ ހަކަތަ ފޯރުކޮށްދިނުމަށް އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކުރުމެވެ. މިގޮތުން ސޯލާ ޕެނަލްތައް މެދުވެރިކޮށް އުފައްދާ ކަރަންޓުން އޭސީތައް ހިންގުމަށް ވަނީ ރޭވިފަ އެވެ.

”މި އަހަރުގެ ބާކީ އޮތް މަސްތަކުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ހުރި ހުރިހާ ސްކޫލެއްގެ ކުލާސް ރޫމްތަކެއް އިއާދަކުރަނިވި ހަކަތައިގެ ބޭނުންކޮށް އޭސީކޮށްދީ، ފިނިކޮށްދޭނަން،“ ރައީސް މުއިއްޒު ވިދާޅުވި އެވެ.

ނިމިދިޔަ އަހަރުގެ ޖޫން މަހުގެ ދެވަނަ ދުވަހު ފެށުނު ”ކޫލް ސްކޫލް“ މަޝްރޫޢަކީ ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް ފިނިކުރުމަށް އަމާޒުކޮށްގެން ފެށި މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ސަބަބުން ދަރިވަރުންނަށް މާ ހިތްފަސޭހަ މާހައުލެއްގައި ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ރ. ހުޅުދުއްފާރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ