މޯލްޑިވިއަންގެ އައު އެއާބަސް އޭ330 ޗެންގްޑޫގައި ޖައްސައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވިއަންގެ އައު ވައިޓް ބޮޑީ އެއާކްރާފްޓު ޗައިނާގެ ޗެންގްޑޫގައި ފުރަތަމަ ފަހަރަށް ޖައްސައިފި އެވެ.

މި ކާމިޔާބު ދަތުރާ ގުޅިގެން މަތިންދާބޯޓުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައި، ކޭކެއް ވެސް ފަޅާލާފައިވެ އެވެ.

މި މަހުގެ 6 ވަނަ ދުވަހު ރާއްޖެއަށް ގެނެވުނު މި އައު އެއާބަސް އޭ330 އަކީ 264 ފަސިންޖަރުންނަށް ޖާގަ ލިބޭ މަތިންދާބޯޓެކެވެ. މި ބޯޓުގައި 18 ބިޒްނަސް ކްލާސް ސީޓާއި، 36 ޕްރިމިއަމް އިކޮނޮމީ ސީޓާއި، 210 އިކޮނޮމީ ކްލާސް ސީޓު ހިމެނެ އެވެ. މީގެ އިތުރުން 10 ޓަނުގެ ކާގޯ އުފުލުމުގެ ޖާގަ ވެސް މި ބޯޓުގައި ހިމެނެ އެވެ.

މި އައު މަތިންދާބޯޓާ އެކު މޯލްޑިވިއަންގެ ފްލީޓުގެ އަދަދު 25 އަށް އިތުރުވެގެން ގޮސްފައިވާއިރު، ޗައިނާގެ ތިން މަންޒިލަށް ދަތުރުތައް ފެށުމާ އެކު މޯލްޑިވިއަންއިން ދަތުރުކުރާ މަންޒިލްތަކުގެ އަދަދު 22 އަށް އިތުރުވެގެންދާނެ އެވެ.

މޯލްޑިވިއަންއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިއީ ”އާ ފެށުމަކާއި ވަރުގަދަ ގުޅުންތަކެއް“ ކަމަށެވެ.

މޯލްޑިވިއަންއިން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، ޗެންގްޑޫއަށް ދެކޮޅު ޓިކެޓެއްގެ އަގަކީ 688 ޑޮލަރު (10،610 ރުފިޔާ) އެވެ. އަދި ބެއިޖިންގއަށް ދެކޮޅު ޓިކެޓެއްގެ އަގު 788 ޑޮލަރު (12،151 ރުފިޔާ) އަށް އަރާއިރު، ޝެންހާއީގެ ދެކޮޅު ޓިކެޓުގެ އަގަކީ 777 ޑޮލަރު (11،981 ރުފިޔާ) އެވެ.

ރާއްޖެ - ޗައިނާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) މޯލްޑިވިއަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ