ހޮސްޕިޓަލްތަކުގެ ވަސީލަތްތައް ދުނިޔޭގެ އެންމެ ރަނގަޅު ފެންވަރަށް ރާއްވަވަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުގެ ވަސީލަތްތަކާއި އިކުއިޕްމަންޓްތަކަކީ ދުނިޔޭގެ އެންމެ ރަނގަޅު ބްރޭންޑްތަކުގެ ވަސީލަތްތަކަށް ހެދުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ މިއަދު އަނގޮޅިތީމު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި މި މަސައްކަތް ކުރިއަށް ގެންދާނީ ބަލްކް ޕްރޮކިއުމަންޓް އުސޫލުންނެވެ. އަދި މިފަދަ ބްރޭންޑްތަކުން ތަކެތި ހޯދުމުން އެ އިކުއިޕްމަންޓްތައް ހިންގުމަށް ބޭނުންވާނެ ރިއޭޖެންޓްސް ހޯދުމަށްވެސް ފަސޭހަވާނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން، ޞިއްޙީ މަރުކަޒުތަކުގައި ހުންނަ އިކުއިޕްމަންޓްތަކަކީ ނުހުއްޓި ހިންގޭނެ ގޮތަށް އޭގެ ބޭނުން ހިފޭނެ ތަކެތިކަމަށް ހެއްދެވުމަށްޓަކައި އެތަކެއްޗަށް ބޭނުންވާ ރިއޭޖަންޓްސް ނުވަތަ އެހެން ވަސީލަތްތައްވެސް ހުސްނުވެ ބަރާބަރަށް ލިބޭނެ ގޮތަށް އިންތިޒާމުތައް ރާއްވަވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް ދަތުރުފުޅެއް ކުރައްވަމުންނެވެ. މި ދަތުރުފުޅުގައި އަނގޮޅިތީމުގެ ފެނާ ނަރުދަމާގެ މައްސަލަ ޙައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވައިފައިވެ އެވެ. އަދި އެ އަތޮޅުގެ އެހެން ރަށްރަށުގައިވެސް ފެނާ ނަރުދަމާގެ މައްސަލަ ޙައްލުކޮށްދެއްވުމަށް ވަޢުދުވެވަޑައިގެންފައިވެ އެވެ.

މީގެ އިތުރުން، އަނގޮޅިތީމުގެ ބަނދަރު، ސްކޫލް އަދި ޞިއްޙީ މަރުކަޒުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ކޮށްދެއްވާނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެ އެވެ. އަދި ޒުވާނުންނަށް ބޭނުންވާ ކުޅިވަރުގެ ވަޞީލަތްތައް ޤާއިމުކުރުމަށް އިސްކަންދެއްވާނެ ކަމަށާއި، އަންހެން ބޭފުޅުންނަށް ހޭންޑްބޯލް ކޯޓެއް އަޅައިދެއްވުމަށްވެސް ވަޢުދުވެވަޑައިގެންފައިވެ އެވެ.

ރ. އަނގޮޅިތީމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ