ހދ. ނޮޅިވަރަންފަރުގައި ފަތުރުވެރިއަކަށް ޖިންސީ ގޯނާއެއް ކުރިކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައިި ބުނެފައިވަނީ އެ މައްސަލަ ރިޕޯޓުކޮށްފައި ވަނީ އިއްޔެ މެންދުރު ކަމަށެވެ. އަދި އެ ފަތުރުވެރިޔާއަށް ޖިންސީ ގޯނާކުރީ ފަތުރުވެރިންނަށް ހާއްސަކޮށްފައިވާ ގޮނޑުދޮށުގައި ކަމަށް ފުލުހުން ހާމަކުރި އެވެ.
މި މައްސަލައިގައި ކޯޓު އަމުރަކާ އެކު 30 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ.
މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، މީގެ ކުރިންވެސް ފަތުރުވެރިންނަށް ފުރައްސާރަކުރުމާއި ޖިންސީ ގޯނާގެ އެކި މައްސަލަތައް ފުލުހުންނަށް ހުށަހެޅިފައިވާކަން ފާހަގަކުރެވެ އެވެ.