ޑީއެންއާރުގައި ޕީއެންސީ ފޯމު ފުރި ރޫމަކީ ވަކިން ހުންނަ ތަނެއް: ސްޓޭޓް މިނިސްޓަރު

Advertisement

Advertisement

އެންމެ ފަސް

Advertisement

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އޮފީހުގެ ތެރޭގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ކުރި ތަނަކީ ވަކިން ހުންނަ މީޓިންގ ރޫމެއް ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަޖީދު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

މި މައްސަލަ ސަމާލުކަމަށް އައީ ޑީއެންއާރުގެ ތެރޭގައި ޕީއެންސީއަށް ފޯމު ފުރާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ފެތުރުމާ ގުޅިގެން ނެވެ. މި ފޮޓޯތަކުގައި ހޯމް މިނިސްޓަރު އަލީ އިހުސާނާއި އެ މިނިސްޓްރީގެ ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުންތަކެއް ފެންނަން ހުއްޓެވެ.

މި މައްސަލައާ ގުޅޭގޮތުން މިއަދު ޑީއެންއާރު އޮފީސް ކުރިމަތީގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު މަޖީދު ވިދާޅުވީ ”އެހެން ޑިޕާޓްމަންޓުތަކުން އެދިއްޖެނަމަ އެ މީޓިންގ ރޫމް ބޭނުންކުރުމުގެ ފުރުސަތު ދޭނެ“ ކަމަށެވެ.

އިތުރު ސުވާލުތަކަށް ޖަވާބު ދެމުން ސްޓޭޓް މިނިސްޓަރު އިއުތިރާފުވެ ވަޑައިގަތީ ހޯމް މިނިސްޓަރު އަލީ އިހުސާން އިސްވެ ހުންނަވައިގެން އެ މިނިސްޓްރީގެ ދަށުގައި ހުރި މުއައްސަސާތަކަށް ނިސްބަތްވާ ސިޔާސީ މީހުން ހިމެނޭ ”ހޯމް ޓީމެއް“ ގެ ފަރާތުން ޕީއެންސީއަށް ފޯމުތައް ފުރާފައިވާ ކަމަށެވެ. ނަމަވެސް، ދައުލަތުގެ އިދާރާއެއްގެ ތެރޭގައި ސިޔާސީ ޕާޓީއަކަށް ތާއީދު ހޯދަން މަސައްކަތް ކުރި ކަމާ ގުޅޭ ސުވާލަށް ޖަވާބު ނުދެއްވައި ދެ ބޭފުޅުން ވެސް ޕްރެސް ކޮންފަރެންސް ދޫކުރައްވައި ވަޑައިގެންނެވި އެވެ.

ޑީއެންއާރުގެ ތެރޭގައި ޕީއެންސީއަށް މެމްބަރުން އިތުރުކުރުމުގެ ހަރަކާތެއް ކުރިއަށްގެންދިޔަ މައްސަލާގައި ވަނީ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒުވެފަ އެވެ.

ކޮންގްރެސް ޕާޓީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ