ބްރޯޑްކޮމްގެ މެމްބަރުކަމަށް މުހަންމާ އާއި ސަރާހަތު އައްޔަންކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ހުސްވެފައިވާ ދެ މަޤާމަށް އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އާއި ބްރޯޑްކޮމްގެ ކުރީގެ މެންބަރު އާމިނަތު ސަރާހަތު އިއްޒަތު ސިދުގީ އައްޔަނުކޮށްފި އެވެ.

މުހަންމާ އަދި ޝަރާހަތު، ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަމަށް އައްޔަންކޮށްފައިވާކަން އެ ކޮމިޝަނުން ވަނީ ހާމަކޮށްފަ އެވެ.

މި ދެ މަޤާމަށް މީހުން ހޮވުމަށް ހުޅުވާލި ފުރުސަތުގައި 12 ފަރާތަކުން ވަނީ ކުރިމަތިލާފަ އެވެ. މި މަޤާމުތައް ހުސްވެފައިވަނީ މިދިޔަ މަހު ބްރޯޑްކޮމްގެ ދެ މެންބަރެއްގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ބުރާސްފަތި ދުވަހު ދައުރުން ބޭރުގައި ބޭއްވުނު ޖަލްސާގައި ނެގުނު ވޯޓުގައި، ސަރާހަތު ބްރޯޑްކޮމްގެ މެންބަރުކަމަށް އައްޔަނުކުރުމަށް 68 މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްކޮށްފަ އެވެ. އަދި މުހަންމާ އައްޔަނުކުރުމަށް 58 މެންބަރުންގެ ތާއީދު ލިބިފައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކަންދެއްވި ތަރުތީބުގައި މުހަންމާގެ ނަން އޮތީ ތިންވަނައިގަ އެވެ. އެންމެ ކުރިން އޮތް ލިސްޓުގައި މުހަންމާ އާއި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ (މުއާ)ގެ ނަން އޮތް ނަމަވެސް، ފަހުން ގެނެވުނު ބަދަލާއެކު މުއާގެ ނަން ވަނީ ލިސްޓުން އުނިކޮށްފަ އެވެ.

ލިސްޓުގެ ދެވަނައިގައި ހިމެނުނު ނޫސްވެރިޔާ ޝިފްޒާ މުސްތަފާ އައްޔަނުކުރުމަށް ހުށަހެޅުނު ނަމަވެސް، އެކަމަށް ތާއީދު ލިބިފައިވަނީ އެންމެ 11 މެންބަރުންގެ ފަރާތުންނެވެ. އަދި ސަރުކާރު ހިންގާ ޕީއެންސީގެ 50 މެންބަރުން ވަނީ އޭނާ އައްޔަނުކުރުމާ ދެކޮޅަށް ވޯޓުދީފަ އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ