ޖެނުއަރީ 14 ވަނަ ދުވަހުގެ ޓްރާންސްފޯމަރަކުން ވައްކަންކުރަން އުޅުނު މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަށް އިތުރު 20 ދުވަސް ކްރިމިނަލް ޖަހައިފި އެެވެ.
ވަގުތެއްގައި ހުޅުމާލޭގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ އޭގެން ވައްކަން ކުރަން އުޅުނު ދެ މީހަކު ހުއްޓުވާފައި ވަނީ އެ ކުންފުނީގެ މުވައްޒަފުން ތަކެކެވެ. މި ހާދިސާގައި އެ މުވައްޒަފުގެ މޫނަށް އަނިޔާތަކެއް ވެފައިވެ އެވެ.
މި މައްސަލައިގައި އޭނާ ހައްޔަރުކޮށްފައިވާއިރު، އިތުރަށް ބަންދުގައި ބަހައްޓަން އިއްޔެ ކޯޓަށް ގެންދިއުމުން އޭނާގެ ބަންދަށް ކޯޓުން ވަނީ 20 ދުވަސް ޖަހައިފަ އެވެ.
މި މީހާއަކީ އެކި ކުށްތަކުގައި މީގެ ކުރިން ވެސް ހައްޔަރުކޮށްފައިވާ މީހެކެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހުރި ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓުގައި ޖެހިގެން ނިޔާ ވެސް ވެފައިވެ އެވެ.