މާލޭ ގެއެއްގައި ގެންގުޅޭ ނޭޕާލް އަންހެނަކު އެ ގޭގެ 3 އަހަރުގެ ކުޑަކުއްޖަކަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކޮށްފި އެވެ.
މީޑީއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައި ވަނީ، އެ މައްސަލަ ރިޕޯޓްކޮށްފައިވަނީ އިއްޔެ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެ މެއިޑު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މި މައްސަލައާއި ގުޅޭ އިތުރު މައުލޫމަތެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
ފުލުހުން އިތުރަށް ބުނެފައި ވަނީ، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.