އައިސް ލިބުން މެދުކެނޑުނީ ޕްލާންޓަށް ދިމާވި މައްސަލައަކުން: މިފްކޯ

Advertisement

Advertisement

އެންމެ ފަސް

Advertisement

އައިސް ލިބުން މެދުކެޑުނު މައްސަލަ މިހާރު ހައްލުކުރަމުން އަންނަ ކަމަށް މިފްކޯ އިން ބުނެފި އެވެ.

ސޯޝަލް މީޑިއާގައި މިއަދު މަސްވެރިންތަކެއް ކަންބޮޑުވުން ފާހަގަކޮށްފައިވަނީ ބައެއް ރަށްރަށުގެ އައިސް ޕްލާންޓުތަކުން އައިސް ނުލިބޭތި އެކަމާއި ގުޅިގެން އެވެ. މިފްކޯގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިވަގުތަށް އައިސް ނުލިބެނީ ޕްލާންޓަށް މައްސަލަ ދިމާވި ރަށްތަކެއްގަ އެވެ.

މިފްކޯއަށް މަސްކިރާ ދޯނިތަކަށް 10 ޓަނާ ހަމައަށް ކްރެޑިޓަށް ނުވަތަ ފަހުން ފައިސާ ދައްކާ ގޮތަށް އައިސް ދޭން ފެށީ މިދިޔަ އޮގަސްޓު މަހު އެވެ. އެ ކުންފުނިން ބުނެފައި ވަނީ ކްރެޑިޓަށް އައިސް ވިއްކާ ދޯނިފަހަރު މަސްކިރުމުން ބިލު ހަދާނީ، ކްރެޑިޓަށް އައިސް ގަތް ފައިސާ ބިލުން އުނިކުރުމަށް ފަހު އެވެ. އެގޮތުން މައްސަލަ ޖެހިފައިވަނީ ސ. ހުޅުމީދޫ އައިސްޕްލާންޓަށާއި ގދ. ގައްދު އާއި ތިނަދޫގެ އައިސް ޕްލާންޓަށެވެ.

އެގޮތުން ސ. ހުޅުމީދޫ އައިސްޕްލާންޓުގެ އެއް ޔުނިޓުގެ ޑްރަމަށް މައްސަލައެއް ޖެހި ދެވަނަ ޔުނިޓުގައި ގޭސް ލީކުވުމުގެ މައްސަލަ އަކާއި ގދ. ގައްދު އާއި ތިނަދޫގެ އައިސް ޕްލާންޓުގެ ކޮންޑެންސާ ޕަމްޕަށް ދިމާވެފައިވާ މައްސަލައެއް ހިމެނެ އެވެ.

މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިހާރު އެވްރެޖްކޮށް ދުވާލަކު 280 ޓަނުގެ މަސް މިފްކޯއަށް ކިރެއެވެ. އަދި ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި 321 މެޓްރިކް ޓަނުގެ މަސް މިފްކޯއިން ވަނީ ގަނެފަ އެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ