ސަރުކާރު މަޝްރޫތަކުގައި ބޭނުން ކުރާ އިލެކްޓްރޯނިކް ސާމާނުވެސް ހަކަތަރި ޕްރޮގްރާމުގެ ތެރެއިން ހޯދަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ހަކަތަރި ޕްރޮގްރާމްގެ ދަށުން ސަރުކާރުގެ މަޝްރޫޢުތަކުގައި ބޭނުންކުރާ އިލެކްޓްރޯނިކް އާލާތްތައް ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ޔޫއެސްއެއިޑާ ގުޅިގެން ބޭއްވުނު ވޯކްޝޮޕެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މި މަސައްކަތް ކުރުމަށް އުސޫލުތަކަށް ބަދަލު ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް މުއްދަތުގައި މާލީ ވުޒާރާއާ ގުޅިގެން ޕަބްލިކް ޕްރޮކިއުމަންޓުގެ ގަވާއިދަށް ހަކަތަރި އިތުރުކޮށް، ސަރުކާރުގެ ޕްރޮކިއުމަންޓްގައި ހަކަތަ ސަމަކާރަކުރުމަށް (އެފިޝަންޓް) އިސްކަމެއްދޭނޭ ނިޒާމެއް ގާއިމުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

ރާއްޖޭގެ ހަކަތަރި ޕްރޮގްރާމަކީ، ބާޒާރުގައި ލިބެންހުރި ކަރަންޓުން އޮޕަރޭޓުކުރާ ސާމާނު، ގަންނައިރު އޭގެއިން ހަކަތަ ސަމަކާރަކުރާ މިންވަރު ފަސޭހައިން ދެނެގަނެވޭ ނިޒާމެއް ޤާއިމުކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިހާތަނަށް އައިސް އަލަމާރިއާއި، އެއަރ-ކޮން އަދި ދޮންނަ މެޝިނުގެ ޖުމްލަ 71 މޮޑެލްއަކަށް ހަކަތަރި ލޭބަލް ދޫކޮށްފައިވާ ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެ އެވެ.

ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، ބީލަމުގައި ތަކެތި ގަތުމުގައި ޢަމަލުކުރެވޭ އުސޫލަށް ގެނެވޭ ބަދަލުތަކާއެކު މުޅި ދައުލަތުންވެސް ކަރަންޓު އުފެއްދުމަށް ހޭދަކުރާ މިންވަރު ދަށްކުރެވޭނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅުގެ ދަށުން ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަށް މީގެ ސަބަބުން އިތުރު ބާރަކަށް ވެގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

މި ވޯކްޝޮޕްގައި ޔޫއެސްއެއިޑްގެ ސައުތު އޭޝިއާ ރީޖަނަލް އެނަރޖީ ޕާޓްނަރޝިޕްގެ ތަޖުރިބާކާރުންނާއި، ރާއްޖެއަށް މުދާ އެތެރެކުރާ ފަރާތްތަކާއި، ވިޔަފާރިތަކުން ބައިވެރިވެފައިވެ އެވެ. އަދި ގޭބިސިތަކުގައި ބޭނުންކުރާ ފެން ހޫނުކުރާ ވަޞީލަތްތަކާއި، ފެން ޕަމްޕު އަދި ފަންކާއަކީވެސް ހަކަތަ މަދުން ބޭނުންކުރާ ވަޞީލަތްތަކަށް ހެދުމަށް މަސައްކަތްކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޔޫއެސް އެއިޑް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ