ފުލުހުން މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެ އެވެ.
ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިފައިވަނީ ބީއެމްއެލްގެ އޭޓީއެމްއެއް ތެރޭ އޭނާ ހަރަކާތެރިވާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖުން ނަގާފައިވާ ފޮޓޯ ހިއްސާކޮށް އެ މީހާ ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.
ފުވައްމުލަކު ސިޓީ ޕޮލިހުން ބުނާ ގޮތުގައި އޭނާ އަކީ މަކަރާއި ހީލަތުގެ މައްސަލައަކަށް ތުހުމަތުކުރެވިގެން ހޯދާާ މީހެއް ކަމަށާއި ފޮޓޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792803 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.
ފުލުހުން މި މައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް ހިއްސާާކޮށްފަ އެއް ނުވެއެވެ.