އައްޑޫސިޓީ ހިތަދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ، ހިތަދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން މިއަދު ހެނދުނު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަދި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވި ކަމުގެ މައުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.
މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ކޮންސަބަބަކައި ކަމެއް ފުލުހުން ހަމަކޮށްފައެއް ނުވެ އެވެ. އަދި މިކަމާއި ގުޅޭ އިތުރު ތަފްސިލެއްވެސް ފުލުހުން ހާމަ ކޯށްފައެއް ނުވެ އެެވެ.