ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް އިންޑިއާގެ އާ ސަފީރާ މިނިސްޓަރު ހަލީލް މަޝްވަރާ ކުރައްވައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ އާ ސަފީރު ޖީ.ބާލާސުބްރަމަނިއަމް އާއި ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ހަލީލް މިއަދު ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި އެވެ.

މި ބައްދަލުވުމުގައި ދެ ގައުމުގެ ތާރީޚީ ގުޅުމާއި، އެ ގުޅުން އިތުރަށް ވަރުގަދަކުރުމާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ހަލީލް ވިދާޅުވިއެވެ. ވަޒީރު ހަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އިންޑިއާގެ އާ ސަފީރު ބަލާސުބްރަމަނިއަމްއަށް ރާއްޖެއަށް ހޫނު މަރުހަބާއެއް ކިޔާ ކަމަށާއި، މިއަދުގެ ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމުގައެވެ.

”އަޅުގަނޑުމެންގެ އުންމީދަކީ ރާއްޖެ-އިންޑިއާ ގުޅުން ވަރުގަދަކަމާއިއެކު ކުރިއަށް ދިއުން,“ ވަޒީރު ހަލީލް ވިދާޅުވިއެވެ.

ރާއްޖޭގެ ސަފީރުކަމަށް ސުބްރަމާނިއަން އައްޔަނުކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ އިންޑިއާއިން ނައިޖީރިއާ އަށް ކަނޑައެޅުއްވި ސަފީރުގެ މަގާމުގައެވެ. އިންޑިއާގެ ސަފީރުގެ ގޮތުގައި އެންމެ ފަހުން ރާއްޖޭގައި ހުންނެވި މުނޫ މަހާވަރު އެ މަގާމަށް އައްޔަނުކުރެއްވީ 2021 ވަނަ އަހަރުގެ ފަހުކޮޅުއެވެ.

މި ބައްދަލުވުމާއެކު، ދެ ގައުމުގެ ދެމެދުގައި އޮތް ދިގު މުއްދަތުގެ އެކުވެރިކަން އިތުރަށް ހަރުދަނާވެ، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުވެގެންދާނެ ކަމަށް ބެލެވެ އެވެ.

ރާއްޖެ - އިންޑިއާ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ