ކާށިދޫ މިސްކިތުން ފެނުނު އާސާރުގެ ދިރާސާތައް ފަށައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ކ. ކާށިދޫ ބާ ހުކުރު މިސްކިތުގެ ތެރެއިން ފެނުނު އާސާރީ ތަނެއްގެ ތަރަހަ ދިރާސާ ކުރުމުގެ މަސައްކަތް ހެރިޓޭޖް މިިނިސްޓްރީ އިން ފަށައިފި އެވެ.

އެގޮތުން، މި މިސްކިތުން އާސާރީ ތަކެތި ފެނިފައި ވަނީ 2020 ވަނަ އަހަރު އެވެ.

ހެރިޓޭޖް މިނިސްޓްރީ އިން ބުނީ، މި ދިރާސާގެ މަސައްކަތް މި ހިނގާ 2025 ވަނަ އަހަރުގެ ޖަނަވަރީ 12 އިން 24 އާ ދެމެދު އެ ސަރަހައްދުގައި ކުރިއަށް ދާނެ ކަމަށެވެ.

މިއީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި ޔުނިވަރސިޓީ އޮފް އީސްޓް އެންގްލިއާ އާއި ދިވެހިބަހުގެ އެކެޑަމީ އަދި މެރިޓައިމް އޭޝިޔާ ހެރިޓޭޖް ސަރވޭ ގުޅިގެންކުރެވޭ މަސައްކަތެއް ކަމަށްވެސް ހެރިޓޭޖް މިނިސްޓްރީ އިންބުނެ އެވެ.

މި ޕްރޮގްރާމުގައި ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ މުވައްޒަފުންގެ އިތުރަށް ދިވެހިބަހުގެ އެކަޑަމީގެ މުވައްޒަފުންނާއި މެރިޓައިމް އޭޝިއާ ހެރިޓޭޖް ސަރވޭގެ ޓީމާއި ޔުނިވަރސިޓީ އޮފް އީސްޓް އެންގްލިއާ އިން މާސްޓާސް އިން ދަ އަރޓްސް އޮފް އެފްރިކާ، އޯޝަނިއާ އެންޑް ދަ އެމެރިކާސް ވިތު ސެއިންސްބަރީ ރިސާޗް ޔުނިޓް ކިޔަވަމުންގެންދާ ދިވެހި ދެ ދަރިވަރުން ބައިވެރިވެ އެވެ.

ހެރިޓޭޖް މިނިސްޓްރީ އިން ބުނީ، ދެ ހަފުތާގެ ދިރާސީ މި މަސައްކަތުގެ ތެރޭގައި ފަންނީގޮތުން ބިމުގެ އަޑީގައި ހުންނަ އާސާރީ ތަކެއްޗާމެދު އަމަލުކުރަންވީ ގޮތާ، އެކަމުގެ އަސާސީ މިންގަނޑުތައް ބައިވެރީންނާއި ހިއްސާކުރެވޭނެ ކަމަށެވެ.

ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓްރީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ