ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލާއެކު ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހަތަރު ވަޒީރުންނަށް މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
މިއަދު ކުރިއަށްގެންދިޔަ މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޖަލްސާގައި ވަނީ ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓަށް އަހާފަ އެވެ.
ވަޒީރުންނަށް ރުހުން ދިނުމާމެދު މެންބަރުން ވޯޓު ދެއްވި ގޮތް:
- ފިނޭންސް އެންޑް ޕްލޭނިން މިނިސްޓަރު ކަމަށް މޫސާ ޒަމީރު – 69 މެންބަރުން ފެންނަ ކަމަށް
- ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ކަމަށް ޑރ. އަލީ ހައިދަރު އަހްމަދު – 63 މެންބަރުން ފެންނަ ކަމަށް، 6 މެންބަރުން ނުފެންނަ ކަމަށް
- އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ކަމަށް ޑރ. މަރްޔަމް މާރިޔާާ – 70 މެންބަރުން ފެންނަ ކަމަށް
- ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ކަމަށް ޑރ. އަބްދުﷲ މުއްތަލިބްް – 70 މެންބަރުން ފެންނަ ކަމަށް
ހަތަރު ވަޒީރުނަށް ރުހުން ހޯދުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން އެ މައްސަލަ މަޖިލީހުގައި އިއްވާ ދިރާސާ ކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވާފައިވަނީ، މިދިޔަ ބްރާސްފަތި ދުވަހު މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޖަލްސާގަ އެވެ.
މީގެއިތުރުން އިއްޔަ ކުރިއަށް ގެންދިޔަ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ވަޒީރުންނަށް ރުހުން ދިނުމަށް ފާސްކޮށްފަ އެވެ.