އޭސީސީއަށް އައްޔަނުކުރަން ފޮނުވި ނަންތަކަށް ބަދަލެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އައްޔަނު ކުރުމަށް ފޮނުވި ނަންތަކުގެ ތެރެއިން ނަމަކަށް ބަދަލެއް ގެނެސް އަލުން ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އޭސީސީއަށް މެންބަރުން އައްޔަނު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ ސިޓީ އިއްވާފަ އެވެ.

އޭސީސީގެ ހުސްވެފައިވާ 2 މެންބަރުންގެ މަގާމަށް އައްޔަނު ކުރުމަށް މިހާރު ފޮނުވާފައިވާ ނަންތަކަކީ:

  1. އަހުމަދު ނާޝިދު މއ. ގޯލްޑަން މޫން
  2. އަބްދުﷲ ނާޝިދު ފަސާނާ، ރ. އަލިފުށި

މި ދެ ބޭފުޅުންނަށް ރުހުން ހޯދަން މަޖަލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.

ކުރިން މަޖިލީހަށް ފޮނުވި ނަންތަކުގެ ތެރޭގައި ނާޝީދުގެ އިތުރުން ހިމެނިފައިވަނީ އާސިޔާ އަޒީމާ / ރ. ހުޅުދުއްފާރު، ރޯޒް ވިލާ އެވެ. މި ބޭފުޅާގެ ނަން އުނިކޮށް އާ ނަމެއް ފޮނުވި ސަބަބެއް ސާފެއް ނުވެ އެވެ.

އޭސީސީގެ ދެ މެންބަރުންގެ މަގާމު ހުސްވީ އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމާއި އެ ކޮމިޝަންގެ މެންބަރު ތޯހާ މުހައްމަދު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އެ ދެބޭފުޅުން މަގާމުން އިސްތިއުފާ ދެއްވީ މަގާމުން ދުރުކުރުމަށް މަޖިލީހުގެ ކޮމިޓީން ނިންމާފައިވަނިކޮށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ