ހާއްސަ އެހީއައް ބޭނުންވާ ދަރިވަރަކަށް އަނިޔާކުރި ޓީޗަރު ދޫކޮށްލައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ ޓީޗަރު ކޯޓުން ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހު ތުހުމަތުކުރެވޭ ޓީޗަރު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރުތުކޮށް ދޫކޮށްލާފައިވާ ކަމަށެވެ.

ފުލުހުން ބުނެފައި ވަނީ މި މައްސަލަ ފުލުުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެޑިއުކޭޝަން މިނިސްޓްރީން ބުނީ މާލެ ސަރަހައްދުގެ ސްކޫލެއްގެ ޕްރައިމަރީ ގްރޭޑްގެ ހާއްސަ އެހީ އަށް ބޭނުންވާ ކުއްޖަކަށް ޖިސްމާނީ އަނިޔާ ކުރިކަމަށް ސްކޫލްގެ ފަރާތުން މިނިސްޓްރީގެ ސަމާލު ކަމަށް ގެނައުމުން މިނިސްޓްރީން އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރ، ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ ދަރިވަރުންނަށް މިފަދަ އަނިޔާ ދިނުމަކީ ބަލައިގަންނާނެ ކަމެއް ނޫންކަމަށާއި، މި ފަދަ މައްސަލަތައް މިނިސްޓްރީގެ ފަރާތުން ޒިންމާދާރުކަމާއެކު ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ތަކުރާރު ނުވާނޭހެން ފިޔަވަޅު އަޅަމުންގެންދާނެ ކަމަށެވެ.

މީގެ އިތުރުން، ޒިންމާދާރުކަމާއެކު ދަރިވަރުންގެ ހައްގުތައް ހިމާޔަތްކޮށް އުފާވެރި އަމާން މާހައުލެއްގައި ދަރިވަރުން ތައުލީމު ހާސިލްކުރުމަށް ޓީޗަރުން ހާއްސަ ސަމާލުކަމެއް ދެއްވުމަށް މިނިސްޓަރ އެދިވަޑައިގެންނެވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީ ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ