އަހަރުގެ ފުރަތަމަ 18 ދުވަހުގެ ތެރޭގައި ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖެއަށް މިއަހަރުގެ ފުރަތަމަ 18 ދުވަހުގެ ތެރޭގައި ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފި އެވެ.

އެ ވުޒާރާއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 117،532 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.7 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 107،119 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ރަޝިޔާއިންނެވެ. އެ ޤައުމުން 15،077 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމަކީ އިޓަލީއެވެ. އިޓަލީން 12،560 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. ތިންވަނައިގައި އޮތް ޗައިނާއިން 11،560 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މާކެޓުގެ ތިންވަނައަށް ޗައިނާ ޖެހިލާފައިވަނީ އަހަރު ފެށުނީއްސުރެ ތިންވަނައިގައި އޮތް އިނގިރޭސި ވިލާތް ފަހަތަށް ޖައްސާލުމަށް ފަހު އެވެ. ޗައިނާ އަކީ މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި ގައުމެވެ. މިދިޔަ އަހަރު ލިސްޓުގެ ދެވަނައިގައި އޮތީ މިއަހަރު އެއްވަނައިގައި އޮތް ރަޝިޔާ އެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން 69.6 އިންސައްތަ މީހުން ހޭދަކުރަނީ ރިސޯޓުތަކުގައެވެ. 25.4 އިންސައްތަ މީހުން ގެސްޓްހައުސްތަކަށް ދާއިރު، ހޮޓާތަކަށް ދަނީާތަކަށް ދަނީ 2.5 އިންސައްތަ މީހުންނެވެ.

ރަޝިޔާ އިނގިރޭސި ވިލާތް އިޓަލީ މިނިސްޓްރީ އޮފް ޓޫރިޒަމް ފަތުރުވެރިކަން ޗައިނާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ