4 ވަޒީރުންނަށް ރުހުން ދޭން ކޮމިޓީން ފާސްކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލާއެކު ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހަތަރު ވަޒީރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފި އެވެ.

ހަތަރު ވަޒީރުނަށް ރުހުން ހޯދުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން އެ މައްސަލަ މަޖިލީހުގައި އިއްވާ ދިރާސާ ކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވާފައިވަނީ، މިދިޔަ ބްރާސްފަތި ދުވަހު މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޖަލްސާގަ އެވެ.

މިއަދު ކުރިއަށްގެންދިޔަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމުގައި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދް ވަނީ ހަތަރު ވަޒީރުންނަށް ރުހުން ދިނުމަށް ފެންނަ ކަމަށް ހުށަހަޅާފަ އެވެ. މި ހުށަހެޅުމަށް ވޯޓަށް އެހުމުން ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ވަނީ ވަޒީރުންނަށް ރުހުން ދިނުމަށް ފާސްކޮށްފަ އެވެ.

ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކަކީ ފިނޭންސް އެންޑް ޕްލޭނިން މިނިސްޓަރު ކަމަށް މޫސާ ޒަމީރު، ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ކަމަށް ޑރ. އަލީ ހައިދަރު އަހްމަދު، އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ކަމަށް ޑރ. މަރްޔަމް މާރިޔާ އަދި ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ކަމަށް ޑރ. އަބްދުﷲ މުއްތަލިބް އެވެ.

ރައްޔިތުންގެ މަޖިލިސް ވަޒީރުންގެ މަޖިލިސް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ