ޑީއާރުޕީގެ ދަރަނީގެ މައްސަލަ: ޝަރީއަތް ސުޕްރީމް ކޯޓުން ފަށަނީ

Advertisement

އެންމެ ފަސް

Advertisement

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ދަރަންޏަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޒިންމާ ކުރުވަން އުޅޭތީ އެކަމާ ދެކޮޅަށް އެމަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް ފަށަން ތާވަލުކޮށްފި އެވެ.

ޑީއާރުޕީން އެމްޓީސީސީއަށް ދައްކަންޖެހޭ 1.1 މިލިއަން ރުފިޔާ އެ ޕާޓީން ނުދައްކާ އޮތް މައްސަލައިގައި އެމްޓީސީސީން ސިވިލް ކޯޓުގައި ދައުވާކުރީ ޕާޓީގެ އޭރުގެ ރައީސްގެ ހައިސިއްޔަތުން މައުމޫން އެ ދަރަންޏަށް ޒިންމާ ކޮށްދިނުމަށްއެދި އެވެ. މި މައްސަލައިގައި ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ އެ ފައިސާ ދެއްކުމަށް ރައީސް މައުމޫންގެ މައްޗަށް އަމުރުކުރާނެ ތަނެއް ނެތް ކަމަށެވެ. މި ނިންމުން ހައި ކޯޓުގައި އެމްޓީސީސީގެ ފަރާތުން އިސްތިއުނާފުކޮށް އިސްތިއުނާފީ ތިން ނުކުތާއެއް ހުށަހަޅާފައިވެ އެވެ.

އެމްޓީސީސީން ހައި ކޯޓަށް މައްސަލަ ހުށަހެޅުމުން ރައީސް މައުމޫންގެ ފަރާތުން އިޖުރާއީ އިއުތިރާޒެއް ނަގާ ބުނެފައިވަނީ، މި މައްސަލައިގައި ޖުމުލަ 5 މައްސަލައެއް ސިވިލް ކޯޓޫގައި ކުރިއަށް ގެންދިޔައިރު، މިއިން އެއްވެސް މައްސަލައެއްގައި މައުމޫނަކީ ހަސްމެއްވެސް ނޫން ކަމަށެވެ. އެހެންކަމުން އެއްވެސް ސިފައެއްގައި ހަސްމެއްގެ ގޮތުގައި ނުހިމެނޭ ދަށު ކޯޓުގެ މައްސަލަތަކެއް އިސްތިއުނާފީ މަރުހަލާފައި އައުމުން، އިސްތިއުނާފީ މައްސަލަ ރައީސް މައުމޫނަށް ރައްދު ކުރުމަކީ ކުރެވިދާނެ ކަމެއްކަމަށް ނުދެކޭ ކަމަށެވެ. މި އިޖުރާއީ އިއުތިރާޒާ ގުޅިގެން ރައީސް މައުމޫނުގެ ފަރާތުން ހައިކޯޓުގައި އެދިފައިވަނީ ސިވިލް ކޯޓުގެ މި ގަޟިއްޔާގެ އިސްތިއުނާފު ރައީސް މައުމޫނަށް ރައްދުވާގޮތަށް ހުށަނޭޅޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ. މި ހުށަހެޅުމާ ގުޅިގެން ހައިކޯޓުން ނިންމާފައިވަނީ އިސްތިއުނާފީ 3 ނުކުރާތެ ތެރެއިން 1 އަދި 3 ވަނަ އިސްތިއުނާފީ ނުކުރާއަކަށް ޖަވާބުދާރީވާން އަންގާނެ ތަނެއް ނެތް ކަމަށެވެ. ނަމަވެސް އިސްތިއުނާފީ 2 ވަނަ ނުކުތާއަށް ޖަވާބުދާރީވުމަށް އަންގާފައިވެ އެވެ.

ހައި ކޯޓުގައި މި މައްސަލަ ކުރިއަށްގެންދެވޭނެ ކަމަށް އެ ކޯޓުން ނިންމުމުން އެ ނިންމުން މައުމޫންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ މިދިޔަ އަހަރު އޭޕްރިލް މަހުގެ ތެރޭގަ އެވެ.

މި މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ފެށުމަށް ތާވަލުކޮށްފައި ވަނީ އަންނަ ބުދަ ދުވަހަށެވެ. މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އެވެ.

ދަރަނީގެ ފައިސާ ދެއްކުމަށް މައުމޫން އިންކާރު ކުރައްވައި، ވިދާޅުވެފައި ވަނީ ޑީއާރްޕީގެ މައްޗަށް ހުކުމެއް އައީ ސިޔާސީ ޕާޓީތަކުގެ ގާނޫނު ވުޖޫދުވުމުގެ ކުރިން ހިނގި މުއާމަލާތަކާ ގުޅިގެން ކަމަށާއި، އެހެންވެ އެ ގާނޫނުގެ ދަށުން ލާޒިމްކުރި ކަމެއް ކުރިން މުއާމަލާތެއްގެ މައްޗަށް ނުހިންގޭނެ ކަމަށެވެ.

މީގެ އިތުރުން ދަރަނި އުފެދުނުއިރު ޕާޓީގެ އެންމެ އިސް ފަރާތަކީ މައުމޫން ނޫން ކަމަށް ވެސް އެ މަނިކުފާނުގެ ފަރާތުން ކޯޓުގައި ބުނެފައިވެ އެވެ.

މައުމޫންގެ ފަރާތުން ބުނެފައިވަނީ ޑީއާރުޕީ އުވާލަން ނިންމައި، އެކަން އިއުލާނުކޮށް ހުރިހާ ކަމެއް ކުރިއިރު ވެސް، އެމްޓީސީސީން ދަރަނީގެ ކަންކަމާ އަޅާނުލައި ތިބުމުން ދެން ދިމާވި ކަންކަމަށް އެ ކުންފުނިން އަމިއްލައަށް ޒިންމާވާން ޖެހޭނެ ކަމަށެވެ.

ސިވިލް ކޯޓުގެ ހުކުމްގައިވާ ގޮތުން ވަކި ގޮތަކަށް ހުކުމް ކޮށްފައި ދަރަނި ސާބިތުކޮށްފައި ވަނިކޮށް އެ ހުކުމް ތަންފީޒުކުރަން ހުށަހެޅުމުން، އަސްލު މައްސަލައިގެ ތެރޭގައި ނުހިމެނޭ ފަރާތަކަށް ދަރަނީގެ ޒިންމާ ބަދަލު ކުރުމަކީ ހުކުމް ތަންފީޒު ކުރުމުގައި ހުއްދަ ކަމެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ.

ހައި ކޯޓު ރައީސް މައުމޫން އަބްދުލްގައްޔޫމް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ސިވިލް ކޯޓު ސުޕްރީމް ކޯޓު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ