މާލެ ސަރަހައްދުގައި ނުރައްކާތެރި މިންވަރަކަށް ވައި ނުސާފުވެއްޖެ

Advertisement

އެންމެ ފަސް

Advertisement

މާލެ ސަރަހައްދުގައި ނުރައްކާތެރި މިންވަރަކަށް ވައި ނުސާފުވުމުގެ ސަބަަބުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރައްކާތެރިކަމަށް ސަމާލުކަން ދޭން އިލްތިމާސްކޮށްފި އެވެ.

މި މަހުގެ ކުރީކޮޅުން ފެށިގެން ރާއްޖޭގެ ޖައްވު ވަނީ ވަރަށް ބޮޑަށް ތަޣައްޔަރުވެފަ އެވެ. މިހެން ކަމުން މިއަދު އެޗްޕީއޭ އިން އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ މި ހާލަތުގައި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކާއި ކުރަންވީ ބައެއް ކަންކަމުގެ ލިސްޓެއް ވެސް ނެރެފަ އެވެ.

އެގޮތުން ، ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި އަދި އެލާޖީގެ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުން ، ބޭރަށް ނުކުންނަން ޖެހޭ ހާލަތްތަކުގައި ރައްކާތެރި މާސްކެއް އެޅުން ، ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނާއި މާބަނޑު މީހުން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުން ، ތުއްތު ކުދިން ބޭރަށް ނުނެރުން ، ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން އަދި ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ކަހަލަ ކަންތައްތައް މަޑުޖައްސާލުން ހިމެނެ އެވެ.

މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ ނުރައްކާތެރި މިންވަރަކަށް މަތިވެފައިވާ ކަމަށް ވިލިމާލޭގައި ހުންނަ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކަ އެވެ. ވިލިމާލޭގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސްގެ ކެމްޕަސް އިމާރާތުގައި ބަހައްޓާފައިވާ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުން، މި ސަރަހައްދުގެ ވައިގެ ކޮލިޓީ މި ވަގުތު ހުރީ 156 ގަ އެވެ. އެއީ ސިއްހަތަށް ވަރަށް ނުރައްކާތެރި މިންވަރެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ