ލ. އަތޮޅުގެ ތިން ފަޅު ރަށެއް ކުއްޔަށް ދޫކުރަނީ

Advertisement

އެންމެ ފަސް

Advertisement

ލ. އަތޮޅު 3 ފަޅު ރަށެއް ކުއްޔަށް ދޫކުރަން އިއުލާންކޮށްފި އެވެ.

މި ކަން ހާމަކޮށްފައި ވަނީ، ލ. އަތޮޅު ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގަ އެވެ.

އެ އިއުލާންތަކުގައި ހިމެނޭ ފަޅު ރަށްތަކަކީ:

  • ލ. ބިލެތްތޭރަހާ (ދަނބިދޫ ފަޅުތެރެ) – 0.3 ހެކްޓަރު
  • ލ. މާކަޅުވެލި (ކުނަހަންދޫ ފަޅުތެރެ) – 4.5 ހެކްޓަރު
  • ލ. ފެންބޯހުރާ (އިސްދޫ ފަޅުތެރެ) – 7.5 ހެކްޓަރު

އެ އިއުލާނުގައި ބުނެފައި ވަނީ، މި ރަށްތައް ދޫކުރަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށާއި، ބިޑް ހުށަހަޅާ ފަރާތްތަކަށް ހުށަހެޅޭނީ އެއް ރަށް ކަމަށެވެ. އަދި ރަށުގައި އެއްވެސް މަސައްކަތެއް ހިންގާނަމަ ބިޑަށް ހުށަހަޅާއިރު ބަޔާން ކުރަން ޖެހޭނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

ބިޑް ކެނޑުމަށް ހަމަޖެހިފައިވާ ތާރީހަކީ މި މަހު 27 ވަނަ ދުވަސް ކަމަށްވެސް އިއުލަނުގައި ބުނެފައިވެ އެވެ.

އެ ރަށް ހަވާލުކުރާ ބަޔަކު ކުރަން ޖެހޭ މަސައްކަތްތަކަކީ:

  • ވަކި އަދަދަކަށް ރުއް އަދި މިދިލިގަސް އިންދުމަށް ފަހު ރުއްގަސް އިންދާ މަންޒަރު ފެންނަ ފޮޓޯތައް ހިމަނައިގެން އަހަރަކު އެއް ފަހަރު ރިޕޯޓެއް ފޮނުވުން
  • ރަށް ވަށައިގެންވާ ސަރަހައްދުގެ ފޮޓޯ ނަގާފައި އަހަރަކު އެއް ފަހަރު ފޮނުވުން
  • ރަށް ވަށައިގެންވާ ސަރަހައްދު އަދި ރަށުތެރެ ހިމެނޭހެން ސާފުކޮށް ބެލެހެއްޓުން
  • އަތޮޅު ކައުުންސިލުން ތައްޔާރުކޮށްފައިވާ އޮންލައިން ފޯމެއް ހަ މަހުން އެއް ފަހަރު ފުރުން

މީގެ އިތުރުން އެ ރަށް ހަވާލުކުރާނެ ބަޔަކު ކުރުން މަނާ ކަންކަން ވެސް އެ އިއުލާނުގައި ވަނީ ހިމަނާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ރުއްގަސް ކެނޑުން އަދި ވިއްކުން
  • ރަށު ގޮނޑުދޮށުން ދޮންވެލި އަދި ރަށު ތެރެއިން ކަޅު ވެލި ނެގުން

ލ. އަތޮޅު ކައުންސިލް އިދާރާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ