ރައްޔިތުންނަށް ހަޖޫޖެހުމަކީ ދަށުދަރައިޖެ އަމަލެއްކަމަށް ވިދާޅުވެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ރައްދު ދެއްވައިފި އެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ޗެނަލް 13ގެ ޕްރޮގްރާމެއްގައި ’މުއިއްޒު ހީފުޅު ކުރައްވައިގެން ނުވާނެ މުޒަހަރާ އެއްޗެހި ކޮށްގެން ސަރުކާރު ބަދަލު ކޮށް ނުލާނެއޭ‘ މިފަދައިން އުމަރު ނަސީރު ވިދާޅުވުމާ ގުޅިގެންނެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ އަބަދުވެސް ބިނާކުރަނިވި ފާޑުކިޔުމަށް ޖާގަދެއްވާ ބޭފުޅެއް ކަމަށެވެ. އަދި މިއީ ޤައުމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ނުކުންނަ ކޮންމެ ވެރިއެއް ނުވަތަ ސިޔާސީ ބޭފުޅެއްގެ ކިބައިގައި ހުންނަންވާނެ ސިފައެއް ކަމަށްވެސް ވިދާޅުވިއެވެ.
”އެހެންނަމަވެސް ފާޑުކިޔުމުގެ ނަމުގައި ދިވެހި ރައްޔިތުންނަކީ ނާތަހުޒީބު، ޑިމޮކްރެސީއާ ދުރު ބައެއް ކަމަށް ބުނެ، ރައްޔިތުންނަށް ހަޖޫޖެހުމަކީ ދަށުދަރަޖައިގެ އަމަލެއް،“ ނައިބު ރައީސް ވިދާޅުވިއެވެ.
އުމަރު ނަސީރު ވަނީ މަގުމައްޗަށް ނިކުމެ މުޒާހަރާކޮށްގެން ވެރިކަން ބަދަލު ކުރަން އުޅޭނަމަ އޭނާވެސް ބައިވެރިވާނެކަމަށް ދޭހަވާފަދަ މޭރުމަކުން ވާހަކަ ދައްކަވާފަ އެވެ.
އެހެންކަމުން ނައިބު ރައީސްގެ ޕޯސްޓަކީ ގާނޫނީ ވެރިކަމެއް މަގުމަތިން ވައްޓާލުމަށް ހިތްވަރު ދޭފަދަ އިބާރާތަކުން އުމަރު ނަސީރު ވާހަކަ ދެއްކެވުމުން ކުރެއްވި ޕޯސްޓެއްކަމަށް ބެލެވެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް
