ދަރިވަރުން ގެ ކިޔެވުމަށް ބުރު ނާރާނޭ ގޮތަކަށް އިތުރު ހަރަކާތްތައް ބާއްވަން ވަޒީރު ގޮވާލައިފި

Advertisement

އެންމެ ފަސް

Advertisement

ސްކޫލްތަކުން އިތުރު ހަރަކާތްތައް ހިންގާއިރު ދަރިވަރުންގެ ކިޔެވުމަށް ބުރޫ ނާރާނެފަދަ ގޮތަކަށް ކަންކަން އިންތިޒާމްކުރުމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު އެދިވަޑައިގަންނަވައިފި އެވެ.

މިހެން ވަޒީރު ވިދާޅުވީ އިތުރު ހަރަކާތްތައް އިންތިޒާމު ކުރާނޭ ގޮތުގެ މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި އެވެ. ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ ބައެއް ސްކޫލްތަކާއި ރަށްރަށުގައި އިތުރު ހަރަކާތްތައް އިންތިޒާމްކުރަމުން އަންނަގޮތުން އޭގެ ނޭދެވޭ އަސަރު ދަރިވަރުންގެ ކިޔެވުމަށް ކުރަމުން އަންނަކަން ފާހަގަކުރައްވާފަ އެވެ.

މި މަޝްވަރާބައްދަލުވުމަކީ ތަޢުލީމީ ވުޒާރާއިން މިގޮތަށް ބާއްވާ ފުރަތަމަ މަޝްވަރާ ބައްދަލުވުމަށްވާ އިރުގައި މި މަޝްވަރާ ބައްދަލުވުން ކުރިޔަށް ދާނީ 2 ދުވަހަށެވެ. ވަޒީރު އެދިވަޑާއިގަތީ މި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން މިކަންކަމަށް އަލިއަޅުވާލައްވައި ދަރިވަރުންގެ ކިޔެވުމަށް ބުރޫ ނާރާނެފަދަ ގޮތަކަށް އިތުރު ހަރަކާތްތައް ހިންގާ ރޭވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށް ރަނގަޅު ހައްލެއް ގެނެވޭނެ ގޮތަކަށް އިންތިޒާމް ކޮށްދިނުމަށެވެ.

އަދި ހަމަ އެހެންމެ ވަޒީރު ވިދާޅުވީ ކުޅިވަރުގެ ހަރަކާތްތައް ހިންގަންވާނެކަމަށާއި މިކަންކަން ރާވާއިރު މުޅި ތައުލީމީ ދާއިރާއިން މިކުރާ މައިގަނޑު މަސައްކަތައް ބުރޫއަރައިގެން ވާނެކަމަކަށް ދެކެވަޑައިނުގަންނަވާކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ