ދިވެހިރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ފަށާފައިވާ ”އޮޕަރޭޝަން ކުރަނގި“ގެ ބޮޑު ހަރަކާތެއް މިއަދު ފަށައިފި އެވެ.
ހޯމް މިނިސްޓްރީއިން ބުނެފައިވާ ގޮތުގައި މިއަދު އިރު އޮއްސި 6 ގެ ނިޔަލަށް މި އޮޕްރޭޝަން ކުރިޔަށް ގެންދާނޭ ކަމަށާއި މި އޮޕްރޭޝަނުގައި ހޯމް މިނިސްޓްރީގެ 75 އޮފިޝަލުން ބައިވެރިވާނޭ ކަމަށް ވެސް ހޯމް މިނިސްޓްރީ އިން ވަނީ ވިދާޅުވެފަ އެވެ. އެގޮތުން މިހަރަކާތް ކުރިޔަށް ގެންދާނީ މާލޭ ސަރަހައްދާއި ތިލަފުށްޓާއި އަދި ގުޅީފަޅުގައި ކަމަށް ވެސް ހޯމް މިނިސްޓްރީއިން ވަނީ ވިދާޅުވެފަ އެވެ.
ހޯމް މިނިސްޓްރީއިން ވިދާޅުވި މި ހަރަކާތުގައި އެޑިޔުކޭޝަން ސެކްޓާއަށް ނިސްބަތްވާ މައިގްރެންޓް ވޯކާސްގެ އިތުރުން ބޮޑެތި ބައެއް ކުންފުނިތަކުގެ ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ހަމަ އެހެންމެ ހޯމް މިނިސްޓްރީ އިން މައުލޫމާތުދޭ ގޮތުގައި 18،900 އަށް ވުރެން ގިނަ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެކުންފުނިން ވަނީ ހިފަހަށްޓާފަ އެވެ.
ރާއްޖޭގެ 194 ރަށެއްގައި މި މަސައްކަތް ފަށައިފައިވާ ކަމަށާއި 50 ރަށެއްގައި މި މަސައްކަތް ނިންމާފައިވާ ކަމަށް ވެސް މިނިސްޓްރީއިން ބުނެއެވެ.
