މޫދަށް އެރި އުޅެނިކޮށް އޮޔާ ދަމައިގަތް މީހަކު ސަލާމަތްކޮށްފި

Advertisement

އެންމެ ފަސް

Advertisement

މޫދަށް އެރި އުޅެނިކޮށް އޮޔާ ދަމައިގަތް މީހަކު އެމްޓީސީސީގެ ފެރީއަކަށް ނަގައިފި އެވެ.

ފުލުހުން ބުނީ، ވިލިމަލޭގައި މޫދަށް އެރި އުޅުނު މީހަކު އޮޔާ ދަމައިގަތް ކަމުގެ ރިޕޯޓެއް މިއަދު 15:55 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި އެމީހާ އެމްޓީސީސީގެ ފެރީއަކަށް ނަގާފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

އެމީހާ އަށް ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެންގޮސްފައިވާ ކަމަށާއި އެމީހާގެ ހާލު ސްޓޭބަލް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން އިތުރަށް ބުނެފައި ވަނީ، މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން ގެންދާ ކަމަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ