ތިނަދޫ ގޮނޑުދޮށަށް އެޅި ކުނިތައް ނަގަން އަންގައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ގދ. ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ކުންފުނި، ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑުން ތިނަދޫ ގޮނޑުދޮށަށް އެޅި ކުނިތައް ނަގަން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަންގައިފި އެވެ.

ސޯޝަލް މީޑިއާގައި ފެތުރެމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން ދައްކާ ގޮތުގައި ތިނަދޫ ގޮނޑުދޮށަށް އުކާލާފައިވަނީ ކޮންސްޓްރަކްޝަން ކުންޏެވެ. އީޕީއޭ އިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ކުނިތައް ނަގައި ސާފުކުރުމަށް ހަފުތާ ބަންދުގެ ކުރިން ސްވިފްޓް އިންޖިނިއަރިންގ އަށް އަންގާފައިވެއެވެ.

ސްވިފްޓް އިންޖިނިއަރިން އިން ބުނެފައިވަނީ މި ކުނިތައް އެޅީ ކައުންސިލުގެ ހުއްދައާ އެކުގައި ކަމަށެވެ. ނަމަވެސް، އީޕީއޭ އިން ފާހަގަކޮށްފައިވާ ގޮތުގައި މިހާތަނަށް ކައުންސިލުން މިކަމަށް ހުއްދަ ދިންކަމުގެ އެއްވެސް ލިޔުމެއް ދައްކާފައެއް ނުވެއެވެ.

މި މައްސަލައާ ގުޅިގެން ތިނަދޫ ސިޓީ ކައުންސިލުން ވަނީ ތިނަދޫގެ އުތުރު ފަރާތު ގޮނޑުދޮށަށް ސްވިފްޓް އިންޖިނިއަރިން އިން ކުނިތައް އެޅީ ކައުންސިލުގެ ހުއްދަ ނެތި ކަމަށް ބުނެފައެވެ. އަދި މިހާރު އެ ކުނިތައް ނަގައި ސާފުކުރުމަށް އަންގާފައިވާ ކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.

އީޕީއޭ އިން އިތުރަށް ފން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ގަވާއިދާ ޚިލާފަށް ކުނި އަޅަން ނުޖެހޭ ތަންތަނަށް ކުނި އަޅާނަމަ، އެފަދަ ތަނެއް ނުވަތަ މީހެއް ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު އީޕީއޭއަށް ލިބިގެންވެއެވެ.

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ގދ. ތިނަދޫ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ