މާލޭގެ ގެސްޓްހައުސްއަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
މާލޭގެ ހެންވޭރު ސަރަޙައްދުގައި ހިންގާ ގެސްޓް ހައުސްއެއްގެ ފާޚާނާގައި މީހަކު ވެއްޓިފައި އޮތްކަމުގެ މައުލޫމާތު މިއަދު މެންދުރުފަހު ފުލުހުންނަށް ރިޕޯޓު ކުރި އެވެ. އެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު 14:04 ގަ އެވެ.
ފުލުހުން ބުނީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް އަންގާފައިވެއެވެ.
ނިޔާވި މީހާއަކީ އައްޑޫ ސިޓީ، ހުޅުދޫ، ބޮކަރުމާގެ، ޢަބްދުﷲ ޒަކީ (59 އަހަރު) އެވެ.
މި ހާދިސާ ހިނގި ސަބަބާއި އިތުރު ތަފްސީލު އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.