ވައިގެމަގުން މަސްތުވާތަކެތި އެތެރެކުރި މީހާގެ ބަންދަށް 15 ދުވަސް

Advertisement

އެންމެ ފަސް

Advertisement

ވައިގެމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށް ބަންދު ކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާއަކީ ޖަނަވަރީ 09 ވަނަ ދުވަހު، އަބޫދާބީއިން ރާއްޖެއައި މީހެކެވެ.

މީނާގެ ބަންދު އަމުރުގައި ބުނެފައިވަނީ، މީނާ ގެނައި ދެ ލަގެޖުގެ އަތްގަނޑު ދަށަށް ވާގޮތަށް އައްސާފައިވާ ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެެއް ފެނިފައިވާ ކަމަށެވެ. މި ތަކެތި ޓެސްޓްކުރި އިރު ހެރޮއިންއަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި މި ތަކެތީގެ ވަގުތީ ބަރުދަނުގައި 109 ގްރާމު ހުރިކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.

ކްރިމިނަލް ކޯޓުން ވަނީ މީނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

މީނާއަކީ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށާއި އޭގެތެރޭގައި މަސްތުވާތަކެތީގެ ކުށުގެ ރެކޯޑްވެސް ހިމެނޭކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެ އެވެ.

މި މައްސަލައާއި ގުޅިގެން ކަސްޓަމްސްއިން ބުނެފައިވަނީ މީނާގެ ލަގެޖުން ފެނުނު މަސްތުވާތަކެތިގެ މަގުމަތީއަގަކީ 109،000 ރުފިޔާކަމަށް ލަފާކުރެވޭ ކަމަށެވެ.

ކަސްޓަމްސް ކްރިމިނަލް ކޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މަސްތުވާތަކެތި

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ