24 ގަޑިއިރުތެރޭގައި މާލެ އިން 18،000 ޓަނަށްވުރެ ގިނަ ފެން ހިންދައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މާލެއަށް ރޭ މެންދަމުން ފެށިގެން ވެހެމެންދުާ ވާރޭގައި މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ ފެން ހިންދުމުގެ މަސައްކަތުގައި ސިފައިން އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

މާލޭގެ 7 ސަރަހައްދެއްގައި 17 ޕަންޕު ބަހައްޓައިގެން މަސައްކަތްކުރަމުންދާ ކަމަށާއި މި މަސައްކަތުގައި މިހާތަނަށް 18،201 ޓަނުގެ ފެން ހިންދާފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ. އަދި އެމްއެންޑީއެފް އިން ބުނީ މިހާރު ފެން ހިންދަމުން އަންނަ ސަރަހައްދު ތަކަކީ ވެސްޓްޕާކް، އައިޖީއެމްއެޗް ސަރަހައްދު، ވިލިމާލެ ފެރީ ޓާމިނަލް، ސަލްމާން މިސްކިތް ސަރަހައްދު، ބޮޑު ވަޅު، ދަރުބާރުގެ ސަރަހައްދު، ހަވީރީހިނގުން އަދި އެމްޕީއެލް ކައިރީގައި ކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.

ސިފައިން އިތުރަށް ބުނީ އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން ކުރިއަށްގެންދާ އޮޕަރޭޝަންގައި މިހާތަނަށް 104 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީ، 528 ވެލި ބަސްތާ ޖަހާދީފައިވާ ކަމަށެވެ.

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރާގައި މާލެއަށް ލިބެމުންދާ ގެއްލުންތަކާއި އެކު ރައްޔިތުންނަށް އެހީތެރިވުމަށް ސިފައިންނާއި ފުލުހުންގެ އިތުރުން އެންޑިއެމްއޭއާއި މާލެ ސިޓީ ކައުންސިލުން ދަނީ ހަރަކާތްތެރިވަމުންނެވެ

އެމްއެންޑީއެފް މާލެ ސިޓީ ކައުންސިލް މޫސުން ގޯސްވުން މޫސުމާ ބެހޭ ގައުމީ އިދާރާ މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ