ހުޅުމާލޭގައި ހުރި ދެ ޓްރާންސްފޯމަރަކަށް ގަސްތުގައި ގެއްލުން ދީފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލޭ ފޭސް 2 ގައި ހުރި ދެ ހައި-ވޯލްޓޭޖް (އެޗްވީ) ޓްރާންސްފޯމަރަކަށް ގަސްތުގައި ގެއްލުން ދީފައިވާކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ސްޓެލްކޯގެ އެމްޑީ ފަހުމީ މިހެން ވިދާޅުވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ. ފަހުމީ ވިދާޅުވީ މީގެ ސަބަބުން ކަރަންޓު ވިއުގައަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ފާރުން ވަށައިލެވި އަދި ދެފަހަރަށް ތަޅުލެވިފައިވާ ސަރަޙައްދެއްގައި ހުރި ނަމަވެސް، މިކަން ކުރި ފަރާތްތަކުން ގޭޓުތައް ހަލާކުކޮށް، ތަޅުތައް ހަލާކުކޮށް، އަދި އެޗްވީ ނިޒާމަށް ގެއްލުން ދީފައިވާކަމަށް ފަހުމީގެ ޕޯސްޓުގައި ވިދާޅުވެފަ އެވެ.

”އެޗްވީ ސްވިޗްތައް ނިއްވަން ޖެހޭ ގޮތަށް ނިއްވާލާފައިވާތީ، މިކަމުގައި ބައިވެރިވި ފަރާތްތަކަކީ ޓްރާންސްފޯމަރ ނިޒާމުތަކާއި އޭގެ މަސައްކަތްތަކާ ބެހޭ ޓެކްނިކަލް މަޢުލޫމާތު އެނގޭ ބައެއްކަން ދޭހަވޭ،“ ހުސައިން ފަހުމީ ވިދާޅުވިއެވެ.

މިފަދަ މުހިންމު ވަސީލަތްތަކަށް ނުރަނގަޅު ގޮތުގައި އަތްލުމުގެ ސަބަބުން ކަރަންޓު ޖެހުމާއި، ބޮޑެތި އަނިޔާތައް ވުމާއި، އަދި މަރުވުމުގެ ނުރައްކާވެސް ކުރިމަތިވެދާނެކަމަށް އެމްޑީ ވިދާޅުވިއެވެ. އަދި މިކަމުގެ ނުރައްކާ ކުރިމަތިވަނީ އެކަން ކުރާ މީހުންނަށް އެކަނި ނޫންކަމަށާއި، އެ ސަރަޙައްދުގައި އުޅޭ މީހުންނަށްވެސް ނުރައްކާވެދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ފާއިތުވި އަހަރު ޓްރާންސްފޯމަރަށް ގެއްލުން ދިނުމުގެ ސަބަބުން ހިތާމަވެރި މަރުތަކެއް ދިމާވިކަން ހަނދާން ކޮށްދެއްވި ހުސައިން ފަހުމީ، މިފަދަ ޢަމަލުތަކުގެ ނުރައްކާތެރި ނަތީޖާތައް ހަނދާންކޮށްދޭ ވޭންދެނިވި ހަނދާނެއްކަމަށް ވިދާޅުވިއެވެ.

މި މައްސަލަ މިހާރު ތަޙްޤީޤުކުރެވެމުންދާ ކަމަށާއި، މުސްތަޤުބަލުގައި މިފަދަ ކަންކަން ހުއްޓުވުމަށް ފިޔަވަޅުތައް އެޅެމުންދާ ކަމަށްވެސް ސްޓެލްކޯއިން މަޢުލޫމާތު ދީފައިވެއެވެ.

ހުޅުމާލެ ސްޓެލްކޯ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ