ހާލުގައި ޖެހުނު އުމްރާވެރިން މިއަދު ރާއްޖެ ގެންނާނެ

Advertisement

Advertisement

އެންމެ ފަސް

Advertisement

އަލްހިޖްރަ ގުރޫޕުން ހާލުގައިޖެއްސި އުމްރާވެރިން މިއަދު ރާއްޖެ ގެންނާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ޝަހީމް މިކަން ހާމަކުރެއްވީ އިއްޔެ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިނިސްޓަރުގެ ޕޯސްޓުގައި ވިދާޅުވެފައިވާ ގޮތުން، އަލްހިޖްރަ ކުންފުނީގެ ހަވާލުގައި ދިޔަ އުމްރާވެރިން މިހާރު ވަނީ މިނިސްޓްރީގެ އިރުޝާދުގެ ދަށުން ހައްޖު ކޯޕަރޭޝަންގެ އުމްރާވެރިން ތިބި ހޮޓަލްގަ އެވެ. އަދި މިއަދު ހެނދުނު 8:10 ގައި ޤަތަރު އެއަރވޭސްގެ ފްލައިޓަކުން އެ ފަރާތްތައް މާލެ ގެނެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހާލުގައި ޖެހުނު އުމްރާވެރިންގެ ޖުމްލަ އަދަދަކީ 23 އެވެ. މީގެ ތެރޭގައި 12 އަހަރުން ދަށުގެ ތިން ކުޑަކުދިން ހިމެނެއެވެ. މި އުމްރާވެރިން ހާލުގައި ޖެހުނު ސަބަބަކީ، އުމްރާވެރިން ދަތުރަށް ފައިސާުރަށް ފައިސާ ދައްކާފައިވީ ނަމަވެސް، އެ ފައިސާއިން އުމްރާވެރިންގެ ދެކޮޅު ޓިކެޓު ހަމަނުޖައްސާ، އެ ފައިސާ ކުންފުނީގެ އެހެން ކަންކަމަށް ބޭނުންކޮށްފައިވާތީ ކަމަށް އެ ކުންފުނިން އިއުތިރާފުވެފައިވެއެވެ.

މި މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ އަލްހިޖްރަ ޓްރެވަލް އެންޑް ޓުއާރސް ޕްރައިވެޓް ލިމިޓެޑްގެ އުމްރާ ދަތުރު ހުއްދަ ބާޠިލުކޮށް، އެ ކުންފުނި 100,000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އަދި އިތުރު ފިޔަވަޅުތަކެއްގެ ގޮތުން، ކުންފުންޏާއި އޭގެ ހިއްސާދާރުން ހިމެނޭ އެހެން ކުންފުނިތަކަށްވެސް އުމްރާ ދަތުރު ހުއްދަ ނުދިނުމަށް ނިންމާފައިވެއެވެ.

މީގެ އިތުރުން، އުމްރާވެރިން ރާއްޖެ ގެނައުމަށް މިނިސްޓްރީން ކުރާ ޚަރަދު އެ ކުންފުނިން ހޯދުމަށާއި، މި މައްސަލަ ތަޙްޤީޤުކޮށް ޤާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުންނަށް ހުށަހެޅުމަށްވެސް ނިންމާފައިވާކަން ފާހަގަކުރެވެއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ