ލުބުނާންގެ އައު ރައީސަށް، ރައީސް މުއިއްޒު މަރުހަބާ ކިޔުއްވައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ލުބުނާނުގެ އައު ރައީސްކަމަށް އިއްޔެ އިންތިޚާބުވެވަޑައިގަތް ޖޯސެފް އައޫންއަށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

ރައީސް މުޢިއްޒު ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ދިވެހިރާއްޖެއާއި ލުބުނާނާ ދެމެދުގައި އޮތް ގުޅުމަކީ އިސްލާމީ އަޚުލާޤުގެ މައްޗަށް ބިނާވެފައިވާ ގާތް ގުޅުމެއްކަން ފާހަގަކުރައްވާފައިވެ އެވެ. އަދި މި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައިވެ އެވެ.

ލުބުނާނުގެ ގާނޫނު ހަދާ މަޖިލީހުން ބުރާސްފަތި ދުވަހު ވަނީ އެ ގައުމުގެ ރައީސްކަމަށް އާމީ ޗީފް ޖޯސެފް އައޫން އިންތިޚާބުކޮށްފަ އެވެ. މިއީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ހުސްވެފައި އޮތް މަޤާމަކަށް އައު ރައީސަކު އިންތިޚާބުކުރުމެވެ.

ރައީސް މުޢިއްޒުގެ މެސެޖުގައި، ލުބުނާނަށް ޞުލްޙަމަސަލަސްކަމާއި އިތުރު ކުރިއެރުންތައް ހޯއްދަވައިދެއްވުމުގައި އައު ރައީސް އައޫންއަށް ކާމިޔާބަށް އެދިވަޑައިގެންފައިވެއެވެ. އަދި އައު ރައީސަށް ދުޅަހެޔޮ ޞިއްޙަތަކާއި، ލުބުނާނުގެ ރައްޔިތުންނަށް ޞުލްޙަމަސަލަސްކަމާއި ކުރިއެރުން އެދިވަޑައިގެންފައިވެއެވެ.

ލުބުނާންގެ ބާރުތައް ހިއްސާކުރުމަށް ކަނޑައަޅާފައިވާ މަޒްހަބީ ނިޒާމުގައި މެރޮނައިޓް ކްރިސްޓިއަނުންނަށް ޚާއްޞަކުރެވިފައިވާ ރައީސްކަމުގެ މަޤާމު، 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު މިޝެލް އައޫންގެ ދައުރު ނިމުނީއްސުރެ އޮތީ ހުސްވެފައެވެ. އެއީ ބައިބައިވުން ބޮޑު ސިޔާސީ ފިކުރުގެ ތެރެއިން 128 ގޮނޑީގެ ގާނޫނު ހަދާ މަޖިލީހުން އެކަށީގެންވާ ވޯޓު ހޯދޭނެ ކެންޑިޑޭޓަކާ މެދު އެއްބަސްވުމަކަށް ނާދެވުމުގެ ސަބަބުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - ލުބުނާން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ